އާޒިމްއަށް ދިން ހަމަލާގެ ތަހުގީގު ފަށައިފި
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމްއަށް ދިން ހަމަލާގެ ތަހުގީގު ފަށައިފިއެވެ.
އާޒިމްއަށް ހަމަލާ ދިނީ މިދިޔަ ހުކުރު ދުވަހުގެ ރޭ އެމްޑީޕީން ކުރި މުޒާހަރާގެ ތެރެއިންނެވެ. އެގޮތުން ހެންވޭރު ސަހަރާ ކައިރިން ޒުވާނަކު ކުއްލިއަކަށް އާޒިމްގެ މޭމަތީ ޖަހައި ކޮށްޕާލައިފައެވެ.
އެ ހާދިސާއާ ގުޅިގެން ފުލުހުން މިއަދު ބުނީ އެ މައްސަލަ ތަހުގީގުކުރަން ފަށާފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.
އަދި އެ މައްސަލައިގައި މީހަކު ހައްޔަރުކުރިކަމެއް ވެސް ސާފެއް ނުވެއެވެ.
އާޒިމްއަށް ހަމަލާ ދިނީ ސަރުކާރުން ރާވައިގެން ކަމަށް އެއްބަޔަކު ތުހުމަތުކުރި ނަމަވެސް ސަރުކާރުން ވަނީ އެކަން ދޮގުކޮށްފައެވެ.
އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ހަމަލާ ކުށްވެރިކުރައްވައިފައެވެ.
Ads by Allied Insurance