އެމްޑީޕީ ދޫކޮށްދިޔައީ ޕާޓީން ކަނޑާ ބޭރުކޮށްލީމަ: ރީކޯ
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ) ދޫކޮށްދިޔައީ ޕާޓީން ކަނޑާ ބޭރުކޮށްލީމަކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރ ޕާރސަންކަން ކުރެއް މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.
މީސްމީޑިއާ އެކްސްގައި ހިއްސާ ކުރެއްވި ވީޑިއޯއެއްގައި ވިދާޅުވީ، އެމްޑީޕީގެ އެތެރޭގައި ފިތުނަ އުފައްދަން އަނެއްކާ ވެސް ބަޔަކު ނިކުމެ މަސައްކަތް ކުރަމުންދާ ކަމަށާއި އެކަން އެހެންވިޔަ ނުދިނުން އެއީ އެމްޑީޕީއަށް އެންމެ ފައިދާނެވާނެ ގޮތް ކަމަށެވެ. 2023ގައި އިންޚާބު ނިމުނުފަހުން ބަޔަކު ނިކުމެ އެމްޑީޕީއަށް ދެރަދޭން ޑިމޮކްރެސް ހަދައި، އެކަން ނުވެގެން އަނެއްކާ އެމްޑީޕީއާ ގުޅިގެން ފިތުނަ އުފައްދަމުންދާ ކަމަށް ރީކޯ ފާހަގަ ކުރެއްވިއެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ރައީސް ނަޝީދުގެ ފަޅީގައި ހުންނަވާ، މާރިއާ ދީދީ ދެއްކެވި ވާހަކަފުޅަކަށް ރައްދު ދެއްވަމުން މޫސަ ވިދާޅުވީ، މީކާއީލްއަކީ ކުޑަކުއްޖެއް ނޫން ކަމަށާއި އޭނާއަކީ އެމްޑީޕީގެ ހިއްސާ ފުރިހަމައަށް އޮތް ސިޔާސީ ލީޑަރެއް ކަމަށެވެ. މީކާއީލްއަށް ތާއީދުކުރާ ކޮންމެ މީހަކީ ބާޣީއެއް ކަމަށް ނިސްބަތްކުރުން ބަލައެއް ނުގަނެވޭނެ ކަމަށް ވެސް ރިކޯ ވިދާޅުވިއެވެ.
"އަޅުގަނޑު އެމްޑީޕީ ދެމިއޮންނަން އެދެން. އެމްޑީޕީއަށް ހީނަރުކަން އަންނަ ގޮތަށް ޒުވާބު ފެށޭ ކޮންމެ ފަހަރަކު ހުދުމުހުތާރު ވެރިކަމަކަށް ވަރަށް ފަސޭހަ." ރީކޯ މޫސާ މަނިކު ވިދާޅުވިއެވެ.
މީގެ އިތުރުން އެމްޑީޕީގެ އެންމެހައި މެންބަރުން ވެސް ކެންޕެއިން ކުރުމުގައި އެމްޑީޕީގެ ހުރިހާ މެންބަރުގެ ނިންމުމަށް އިޙްތިރާމް ކުރުމަށާއި ފިތުނަ އުފެދޭނެ ގޮތަށް ފާޓީގައި ކަންކަން ނުކުރުމަށް މޫސަ ވަނީ ގޮވާލައްވައިފައެވެ.