ޚަބަރު

ކޮވިޑް-19: ދިއްދޫން އިތުރު 3 ފުލުހަކު ފައްސިވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ހދ. ކުޅުދުއްފުށިން ފައްސިވީ ކޭސް އާއި ގުޅިގެން، ހއ. ދިއްދޫން އިތުރު ތިން ފުލުހަކު ކޮވިޑަށް ފައްސި ވެއްޖެއެވެ.

Ads by STELCO

މާލެއިން ދިޔަ ފުލުހުންތަކެއް ކޮންޓެކްޓްވެ، ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހަކު މިމަހުގެ 5 ވަނަ ދުވަހު ކޮވިޑް-19 އަށް ފައްސި ވެފައިވާއިރު، ދިއްދޫން ތިން ފުލުހަކު ފައްސިވީ އެކްލަސްޓަރގެ ތެރެއިންނެވެ.

އެނގިފައިވާ ގޮތުގައި ދިއްދޫ އިން ފުރަތަމަ ނަގަން ނިންމީ 26 ސާމްޕަލެކެވެ. އެއީ 25 ފުލުސް އޮފިސަރަކާއި އާންމު މީހެއްގެ ސާމްޕަލެވެ. ނަމަވެސް މިއަދު ވަނީ އެއަދަދު އިތުރު ކޮށްފައެވެ.

މި ކްލަސްޓާއާ ގުޅިގެން ށ. ފުނަދޫން 27 ސާމްޕަލެއް ނެގިއިރު، އެ ހުރިހާ ސާމްޕަލެއް ވެސް ވަނީ ނައްސި ވެފައެވެ. ފުނަދޫއިން ނެގީ 16 ފުލުސް އޮފިސަރަކާއި އާންމުންގެ 11 މީހެއްގެ ސާމްޕަލެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!