ހަ މަސްކުރިން ހޯދަން އިއުލާންކުރި މީހަކު އަނެއްކާވެސް ހޯދަން އިއުލާންކޮށްފި
ހަ މަސްކުރިން ހޯދަން އިއުލާންކުރި މީހަކު އަނެއްކާވެސް ހޯދަން އިއުލާންކޮށްފިއެވެ.
ފުލުހުން ހޯދަން މިއަދު އިއުލާންކުރީ އާވެހި / ނ.ޅޮހި، އިބްރާހީމް ސޮބާހު (41އ)އެވެ.
އޭނާއަކީ މިދިޔަ ނޮވެމްބަރު މަހު ވެސް ހޯދަން އިއުލާންކުރި މީހެކެވެ.
ފުލުހުން ބުނީ ހުޅުމާލެ ފޭސް 2އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ސޮބާހު ހޯދަމުންދާ ކަމަށާއި ނަމަވެސް އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށެވެ.
އެހެންވެ މި މަހުގެ 19ވަނަ ދުވަހު ހަވީރު ހަތަރެއް ޖަހާއިރު ހުޅުމާލެ ފޭސް 2ޕޮލިސް ސްޓޭޝަންއަށް ހާޒިރުވުމަށް ފުލުހުން ވަނީ އަންގައިފައެވެ.
ސޮބާހުއާ ގުޅޭ މައްސަލައިގެ ތަފްސީލެއް ފުލުހުން ނުދެއެވެ. ނަމަވެސް މިދިޔަ ނޮވެމްބަރު މަހު ސޮބާހު ހޯދަން އިއުލާންކުރީ ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.
ހައްުޔަރުގެ ރެކޯޑް އޮންނަ ސޮބާހު، 2020ވަނަ އަހަރު ވެސް ވައްކަމުގެ މައްސަލައެއްގައި ހައްޔަރުކުރިއެވެ.