ޚަބަރު

މަސްތުވާތަކެތީގެ މައްސަލައެއްގައި ދިވެއްސަކު ރަހީނު ކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެ ކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން އައްޑޫ ސިޓީގެ ކަނޑުގެ ސަރަހައްދުގައި އޮކްޓޯބަރު އެއް ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި އަތުލައިގަތް މަސްތުވާތަކެއްޗާއި ގުޅިގެން، އެ މަސްތުވާތަކެތި ވިއްކި ފަރާތުން ދިވެއްސަކު ރަހީނު ކޮށްފިއެވެ.

Ads by MWSC

މިކަން ހާމަ ކުރައްވާފައިވަނީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު (އެމްސީ ހަމީދު) އެވެ.

ސީޕީ ހަމީދު މިކަން ހާމަކުރައްވާފައި ވަނީ، ނައްތާނުލެވި ހުރި 300 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ނައްތާލުމަށް ފަހު މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އައްޑޫ ކަނޑުގެ ސަރަހައްދުގައި ހިންގި ޚާއްސަ އޮޕަރޭޝަނުގައި 98.6 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް ވޭދަނައިގެ ބައެއް އަދާހަމަތައް ހިއްސާ ކުރައްވަމުންނެވެ.

އެގޮތުން ސީޕީ ހަމީދު ވިދާޅުވީ އެފަދަ ކޮންމެ ވޭދަނައެއްގައި ވެސް ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައި ގަންނަނީ ފުލުހުންނާއި ކަމާއި ބެހޭ އެހެން ފަރާތްތަކުން ގުޅިގެން ކުރާ ބުރަ މަސައްކަތުން ކަމަށެވެ.

މިމައްސަލަތައް އިތުރަށް ތަފްސީލު ކޮށްދެއްވަމުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ އައްޑޫ ކަނޑުގައި ހިންގި އޮޕަރޭޝަންގައި ހައްޔަރު ކުރި މީހުންނާއި މެދު އާއްމުންގެ ކަންބޮޑުވުންތައް ހުރިކަން ފާހަގަ ކުރެވުނު ކަމަށެވެ. ނަމަވެސް މި މައްސަލައިގައި ހައްޔަރުކޮށް، ބަންދު ކުރި އެންމެންނަކީ ވެސް އެކަށީގެންވާ ސަބަބުތައް ހުރެގެން ހައްޔަރު ކުރި މީހުންކަމުގެ ޔަޤީންކަން ދެއްވާ ކަމަށް ވެސް ރިޔާޒް ވިދާޅުވިއެވެ.

"މިފަދަ މައްސަލަތަކުގައި ދިވެހި ރައްޔިތުންނާއި މެދު އަމަލުކޮށްފައިވާ އިހާނެތިގޮތުގެ ވީޑިއޯ ފަދަ ތަކެތި ހުރީ މީޑިއާ އަށް ހާމަކުރެވޭ ހާލަތަށް ވުރެ ގޯސްކޮށް" އޭސީޕީ ރިޔާޒް ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!