ޚަބަރު

ބޯކޮށް ވާރޭވެހި، މަޑަވެލީގެ މަގުތަކުގައި ފެންބޮޑުވެއްޖެ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންދާ ވިއްސާރައިގައި، ރޭ ގދ. މަޑަވެއްޔަށް ބޯކޮށް ވާރޭވެހި ބައެއް މަގުތަކުގައި ފެން ބޮޑުވެއްޖެއެވެ.

Ads by Allied

ޤައުމީ ދިފާއީ ބާރުން ބުނީ، މަޑަވެލީގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ތިނަދޫ ފަޔަރ ސްޓޭޝަނުން ފަށާފައި ވަނީ ރޭ 01:35 ހާއިރު ކަމަށެވެ. އަދި ޕަމްޕު ބޭނުންކޮށްގެން ފެންހިއްކުމުގެ މަސައްކަތުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ތިނަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ މިއަދު 09:40 ހާއިރު ވަންދެން ހަރަކާތްތެރިވެފައިވާ ކަމަށް ދިފާއީ ބާރުން މައުލޫމާތުދެއެވެ.

މިހާރު އެ ރަށުގެ މަގުތަކުގައި ބޮޑުވެފައި ހުރި ފެންގަނޑު ހިއްކައި، މިހާރު އާންމު ހާލަތަކަށް ގެނެވިފައިވާ ކަމަށް ވެސް ދިފާއީ ބާރުން ބުނެއެވެ.

Ads by Allied Insurance