ސިޔާސީ

އޯލެވެލް އިމްތިހާނަށް ޖާގަދިނުމުގެ ގޮތުން ޕީއެންސީގެ ކޮންގްރެސްގެ ތާރީޚު އަވަސްކޮށްފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ރޭ ބޭއްވި ޕީއެންސީ މެންބަރުންގެ އާންމު މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން

ދަރިވަރުންގެ އޯލެވެލް އިމްތިހާނުގެ ދުވަސްވަރާ ދިމާވާތީ، ވެރިކަންކުރާ ޕްރޮގްރެސިވް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ގައުމީ ޖަލްސާ ބާއްވާ ތާރީޚު ކުރިއަށް ޖައްސަން އެ ޕާޓީން ފާސްކޮށްފިއެވެ.

ތައުލީމީ މަރުހަލާގެ މުހިންމު އިމްތިހާނެއް ކުރިއަށްދާ ވަގުތެއްގައި ސިޔާސީ ބޮޑު ހަރަކާތެއް ހިންގުމަކީ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ދަތިތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށް ފެންނާތީ، ކޮންގްރެސްގެ ތާރީޚަށް މި ބަދަލު ގެނައުމަށް ޕާޓީގެ ލީޑަރޝިޕުން ވަނީ ނިންމާފައެވެ. މިގޮތަށް ފާސްކުރީ ޕާޓީގެ އިސް ފަރާތްތަކުގެ މެދުގައި ކުރެވުނު މަޝްވަރާތަކަށް ފަހުގައެވެ.

އެ ޕާޓީގެ އެތެރޭގެ އިންތިޚާބުތަކާއި ކޮންގްރެސްއަށް ތައްޔާރުވަމުން އަންނައިރު، ޕީއެންސީގެ ހަރަކާތްތައް ވަނީ ވަރަށް ބޮޑަށް ފުޅާކޮށްފައެވެ. ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވެސް ވަނީ ކޮންގްރެސްއަށް ޕާޓީ ތައްޔާރުވެފައިވާ މިންވަރު ބަޔާންކޮށްދެއްވާ މީސްމީޑިއާގައި ވާހަކަފުޅު ދައްކަވާފައެވެ. ޕީއެންސީގެ މައި އޮފީސް ރަސްމީކޮށް ހުޅުވާފައިވާއިރު، އިދިކޮޅު ފަރާތްތަކަށް ނިސްބަތްވާ ގިނަ ބަޔަކު އަންނަނީ ސަރުކާރު ހިންގާ ޕާޓީއާ ގުޅެމުންނެވެ.

ސިޔާސީ މަސްރަހު ހޫނުވެފައިވާ މި ދަނޑިވަޅުގައި އިދިކޮޅު އެމްޑީޕީގެ އެތެރޭގެ އޮނިގަނޑާމެދު ވެސް އަންނަނީ ފާޑުކިޔުންތައް އަމާޒުވަމުންނެވެ. އެގޮތުން، މިހާރު އެމްޑީޕީގެ އިސް ސަފުގައި ހަރަކާތްތެރި ވަނީ ޕާޓީގެ އަސްލު ފިކުރާ ގުޅުމެއްނެތް ބައެއް ކަމަށް ވެސް ބުނަމުންނެވެ.

Ads by Allied Insurance