ސިޔާސީ

މަސް ދިރިއުޅޭނީ ފެން އޮތްތާކު، ސަރުކާރު ދޫކޮށް އެމްޑީޕީއާ ގުޅޭނެ ޕީއެންސީ މެންބަރަކު ނުހުންނާނެ: ޝަރީފް

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް / ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ވެރިކަންކުރާ ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް(ޕީއެންސީ) ދޫކޮށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އާ ގުޅޭނެ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ހުންނާނެ ކަމަށް ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް ވިދާޅުވެއްޖެއެވެ.

އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި ކުރީގެ ދެ ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި އިބްރާހީމް މުހައްމަދު ސޯލިހު ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކަށް ރައްދުދެއްވަމުން، މެންބަރު ޝަރީފް ވިދާޅުވީ ޕީއެންސީގެ އެއްވެސް މެންބަރަކު އެމްޑީޕީއާ ގުޅިވަޑައިގަންނަވަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

"މަސް ދިރިއުޅެނީ ފެން އޮތްތާކު. އިދިކޮޅު އެމްޑީޕީގައި މި ވަގުތު ފެނެއް ނެތް." ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަކީ ރައްޔިތުންނާ އެންމެ ގާތުން މަސައްކަތްކުރާ ސަރުކާރުކަން ފާހަގަކުރައްވައި، މުޅި ރާއްޖޭގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިނގަމުންދާކަން ޝަރީފް ފާހަގަކުރެއްވިއެވެ. މިފަދަ ފަހި ދަނޑިވަޅެއްގައި، ބުއްދި ސަލާމަތުން ހުރި އެއްވެސް މެންބަރަކު ސަރުކާރު ދޫކޮށް އިދިކޮޅާ ނުގުޅޭނެކަމުގެ ފުރިހަމަ ޔަގީންކަން ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕުގެ ފަރާތުން އޭނާ ދެއްވިއެވެ.

އެމްޑީޕީއިން މިފަދަ ދޮގު ވާހަކަތައް ފަތުރަނީ އެ ޕާޓީގެ އެތެރޭގެ ބައިބައިވުންތައް ފޮރުވުމަށާއި ސިޔާސީ ފިތުނަ އުފެއްދުމުގެ ބޭނުމުގައިކަމަށް ޝަރީފް ތުހުމަތުކުރެއްވިއެވެ. ޝަރީފް ވަނީ ސަރުކާރާ އެކު ސާބިތުވެ ތިއްބަވާނެކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.

Ads by Allied Insurance