Monday, 2 November 2026
Advertisement
Allied Insurance (leaderboard)
ސިޔާސީ

ޕާޓީން ވަކިކުރިޔަސް ބޮޑެތި ޖޫރިމަނާ ފާސްކުރަން ވޯޓެއް ނުދެވޭނެ: ބޮންޑެ

ޕާޓީން ވަކިކުރިޔަސް ބޮޑެތި ޖޫރިމަނާ ފާސްކުރަން ވޯޓެއް ނުދެވޭނެ: ބޮންޑެ
ޕާޓީން ވަކިކުރިޔަސް ބޮޑެތި ޖޫރިމަނާ ފާސްކުރަން ވޯޓެއް ނުދެއްވާނެކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ. ބޮންޑެ މިހެން ވިދާޅުވީ ރާއްޖޭގައި އަލަށް އުފަންވާ ކުދިން ހަތް ދުވަހުގުތެރޭ ރަޖިސްޓްރީ ނުކޮށްފިނަމަ 10,000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް އެކުލަވައިލި ބިލު ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރުމާ ގުޅިގެން އެކަމަށް ޢިޝާރަތް ކުރައްވައެވެ. ބޮންޑެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފިޔަވަޅު އެެޅިޔަސް އަދި ޕާޓީން ވަކިކުރިޔަސް މިފަދަ ރަހުމްކުޑަ ބޮޑެތި ޖޫރިމަނާ ފާސްކުރަން ވޯޓެއް ނުދެއްވޭނެ ކަމަށެވެ.
ޤާނޫނު ހަދަނީ ލުއިފަސޭހަކުރާން. ރައްޔިތުންނަށް ބަލާ މުސީބާތް ޖައްސާކަށެއް ނޫން.
ބޮންޑެ މިހެން ވިދާޅުވިއިރު އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅުއްވި ބަޖެޓު ފާސްކުރަން ވޯޓު ނުދެއްވާ އެމްޑީޕީގެ މެންބަރުންނަށް ފިޔަވަޅު އަޅުއްވާނެ ކަމަށް އެ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު, އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ. ބަޖެޓު ފާސްކުރަން ވޯޓު ނުދެއްވާ އެމްޑީޕީގެ ހަތް މެންބަރުންގެ ތެރޭގައި ބޮންޑެ ވެސް ހިމެނިވަޑައިގަންނަވައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް