ކްރިމިނަލް ކޯޓުގެ ޤާޒީ އިބްރާހިމް ޢަލީ އިސްތިއުފާ ދެއްވައިފި

ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް ޢަލީ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
އޭނާ މި މަގާމުން އިސްތިއުފާ ދެއްވާފައިމިވަނީ އޭނާ އެމަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައި ވަނިކޮށެވެ.
ޖޭއެސްސީއިން ބަލަމުން އަންނަ ސުލޫކީ މައްސަލައާ ގުޅިގެން އޭނާ މިވަގުތު ހުންނެވީ 60 ދުވަހުގެ ސަސްޕެންޝަންއެއްގައެވެ.
ޖޭއެސްސީގެ މީޑިއާ އޮފިޝަަލް އާ ހަވާލާދީ އޮންލައިން ނޫހެއް ކަމަށްވާ "ވަގުތު" ގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ގާޒީ އަލީ އިބްރާހިމް އިސްތިއުފާ ސިޓީ މިހާރު ވަނީ ފޮނުވާފައެވެ.
ގާޒީ އިބްރާހިމް އަލީއާ ގުޅޭ ގޮތުން ޖޭއެސްސީން ބަލަމުން އައީ ގާނޫނުއަސާސީއާ ހިލާފަށް ކޯޓު އަމުރު ނެރުމުގެ މައްސަލައެކެވެ.