ޚަބަރު

ވިލިމާލެ ބްރިޖް މަޝްރޫއަށް އިންޑިއާ އިންް 7.7 ބިލިއަން ރުފިޔާ ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

މާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ގުޅުވާލަދޭ ބްރިޖްގެ މަޝްރޫއު ކުރިއަށް ގެންދިޔުމަށް އިންޑިއާ އިން ރާއްޖެއަށް ދޭ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ އެހީގެ ޕެކޭޖެއް ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

Ads by STELCO

ފޮރިން މިނިސްޓްރީ އިން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި އިންޑިއާ ސަރުކާރުންދޭ 500 މިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖްގައި ލޯން އަދި ހިލޭ އެހީގެ ކޮމްޕޯނަންޓް ހިމެނޭނެއެވެ.

އަދި ހަތަރު ރަށެއް ގުޅުވާލާ، އިގްތިސާދީ ހަރަކާތްތައް އިތުރުކޮށް ވަޒީފާގެ ބާޒާރު ފުޅާކުރުމަށް މަގުފަހިކުރުވާނެ، މާލޭ ސަރަހައްދު އިތުރަށް ތަރައްގީ ކުރުމުގެ މި މަޝްރޫއު ވެގެންދާނީ ރާއްޖޭގައި ހިންގޭ އެންމެ ބޮޑު ޢުމްރާނީ ތަރައްގީގެ މަޝްރޫއު ކަމަށް ވެސް އެ މިނިސްޓްރީއިން ވަނީ ފާހަގަ ކޮށްފައެވެ.

 

  1. ކަނބުލޮ

    ވިއްކައި ހުސްކޮށްފި