ޚަބަރު

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ، ހުޅުމާލެ ފޭސް 2، ހިޔާ ޓަވަރު 8ގެ އެޕާޓްމަންޓެއްގައި އަލިފާނުގެ ހާދިސާއެެއް ހިނގާފައިވާކަމުގެ މައުލޫމާތު 2026ޖުލައި 19ވަނަ ދުވަހުގެ މެންދުރުފަހު 13:27އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ކުރި މަސައްކަތުން، އެޕާޓްމަންޓުގައި ރޯވި އަލިފާން ވަނީ އެއްކޮށް ނިއްވާލާފައެވެ. މި ހާދިސާގައި އަލިފާން ރޯވެފައި ވަނީ އެޕާޓްމަންޓުގެ ބަދިގޭގައި ކަމަށްވާއިރު، ބަދިގެއަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. ނަމަވެސް، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!