ޚަބަރު

ދީބާޖާ މައްސަލައިގެ ޝަރީޢަތް މާދަމާ ފަށަނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ދީބާޖާ އިންވެސްޓްމަންޓްގެ މައްސަލައިގެ ޝަރީޢަތް މާދަމާ ސުޕްރީމް ކޯޓުގައި ފެށުމަށް ތާވަލު ކޮށްފިއެވެ.

Ads by MWSC

މާދަމާއަށް ތާވަލު ކޮށްފައިމިވަނީ ދީބާޖާއަށް ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ކޮށްފައިވާ ހުކުމް ރިވިއުކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ފުރަތަމަ އަޑުއެހުމެވެ.

މިމައްސަލަ ރިވިއުކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން މައްސަލަ ބަލައިގަނެ،މައްސަލަ ހުށަހެޅުމުގެ ހުއްދަ ސުޕްރީމް ކޯޓުން ދީފައިވަނީ މިދިޔަ މާޗުމަހުގެ ތެރޭގަ އެވެ.

ސުޕްރީމް ކޯޓުން ބުނިގޮތުގައި އެކޯޓުގެ ނިންމުން މުރާޖައާ ކުރުމަށް ދައުލަތުން ހުށަހަޅާފައިވާ މައްސަލައިގެ ފުރަތަމަ އަޑުއެހުން އޮންނާނީ މާދަމާ ހެނދުނު 10:00 ޖަހާއިރުގައެވެ.

އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް 2010 ވަނަ އަހަރު ދީބާޖާއާ އެކު ހެދި އެއްބަސްވުން 2013 ވަނަ އަހަރު ސަރުކާރުން ބާތިލްކުރި މައްސަލައިގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް މިދިޔަ އަހަރު ސުޕްރީމް ކޯޓުން ވަނީ ދަމަހައްޓައިފަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!