ޚަބަރު ރައްޔިތުންގެ މަޖިލިސް

"ބަރުލަމާނީ ނިޒާމެއްގައި މަޖިލިސް ގެރި ބަކަރި ވިއްކާ ބާޒާރަކަށް ބަދަލުވާނެ"

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް

ރާއްޖޭގެ ވެރިކަން ހިންގާ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށްފިނަމަ ރައްޔިތުންގެ މަޖިލިސް، ގެރި ބަކަރި ވިއްކާ ބާޒާރަކަށް ބަދަލު ވެދާނެ ކަމަށް މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

Ads by MWSC

ޝަރީފް މިހެން ވިދާޅުވެފައިވާއިރު، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ގާނޫނު އަސާސީ އަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވަނީ އިސްލާހު ހުށަހަޅާފައެވެ.

ޖާބިރު ހުށަހެޅުއްވި ގާނޫނު އަސާސީ އަށް އިސްލާހު ގެނައުމުގެ ބިލުގައި ބުނީ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ނެގި ފެންނަ ނުފެންނަ ވޯޓުގައި ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއް ކަމަށް ކަނޑައެޅިފައިވީ ނަމަވެސް ގާނޫނު އަސާސީގެ އެއްވެސް ހިސާބެއްގައި ވެރިކަންކުރާ ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށް ކަނޑައަޅައި ބަޔާންކޮށްފައި ނުވާ ކަމަށެވެ.

އިބްރާހީމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަރުލަމާނީ ނިޒާމެއްގައި މަޖިލިސް ގެރި ބަކަރި ވިއްކަން ހުންނަ ޒާތުގެ ބާޒާރަކަށް ބަދަލުވެގެން ހިނގައިދާނެ ކަމުގެ ބިރު ވަރަށް ބޮޑު ކަމަށެވެ.

ޝަރީފް މިމޭރުމުން ޓްވީޓް ކުރައްވާފައިވާއިރު، އަބަދުވެސް ވެރިކަމުގެ ނިޒާމް ބަދަލު ކުރައްވަން ވަކާލާތު ކުރައްވަމުން ގެންދެވި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ މިއީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ބަހުސް ކުރަންވީ ވަގުތު ނޫން ކަމަށެވެ.

  1. ރައްޔިތުމީހާ

    ވަރަށްބޮޑު ތެދުފުޅެއް ތި ވިދާޅުވީ. މިއުޅެނީ މިހާރުވެސް ތިޔަ ޢިއްޒަތްތެރި މަޖުލީހަށް ޢިއްޒަތްތެރި ކިޔަން ހަމަ ލަދުން. ދެން އަޅެ ތިޔަ ބަރުލަމާނީޔަކަށް ވީމަ ކިހާވަރެއްހުންނާނެ.