ޚަބަރު

އަރަބިއްޔާ ސްކޫލުގެ އެންމެ މޮޅު ދަރިވަރުންނަށް ހޮވުނީ ދެބެން

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

އަރަބިއްޔާ ސްކޫލުގެ އެންމެ މޮޅު ދަރިވަރުންނަށް ދެބެން ހޮވިއްޖެއެވެ.

އިމާދުއްދީން ސްކޫލް ހޯލްގައި ބޭއްވި އިނާމް ދިނުމުގެ ޖަލްސާގައި ވަނީ އެންމެ މޮޅު ދަރިވަރުންނަށް އިނާމް އަރުވައިފައެވެ.

އެގޮތުން ސާނަވީ މަރުޙަލާއިން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ މުއައްޔަދު މަބާހު މުހައްމަދުއެވެ. އަދި މަތީ ސާނަވީ މަރުހަލާއިން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ މުހައްނަދު މަބާހު މުހައްމަދުއެވެ.

އޭގެ ތެރެއިން މުހައްނަދު މަބާހު ވަނީ 2024ވަނަ އަހަރުގެ ގައުމީ ވާހަކަދެއްކުމުގެ މުބާރާތުގެ މަތީ ސާނަވީން އެއްވަނަ ހޯދައި ޕްރިފެކްޓުކަމުން ފެށިގެން ގޮސް ވައިސް ކެޕްޓަންކަން އަދާކޮށްފައެވެ. އަދި ކުރިން އޭނާ ވަނީ ސްކޫލް ކެޕްޓަންކަމުގެ މަގާމުވެސް އަދާކޮށްފައެވެ.

އަދި މުއައްޔަދު މަބާހުއަކީ އަރަބިއްޔާގެ މިހާރުގެ ސްކޫލް ކެޕްޓަންވެސް މެއެވެ. އަދަބީ ގިނަ މުބާރާތް ތަކަކުން ފާހަގަ ކުރެވޭ ރަންވަނަތަކެއް ހާސިލުކޮށްފައިވާ މުއައްޔަދު ވަނީ 2022، 2023އަދި 2024ގައުމީ ވާހަކަދެއްކުމުގެ މުބާތުގައި ބައިވެރިވެ އެއިން ކޮންމެ އަހަރަކު ގަދަ 10ގައި ހިމެނިފައެވެ. އަދި  2022ވަނަ އަހަރު ގައުމީ ވާހަކަދެއްކުމުގެ މުބާރާތުގައި ބައިވެރިވެ ދަށު ސާނަވީ ގިންތިން މުޅި މުބާރާތުން 2ވަނަ އަދި  2022ވަނަ އަހަރުގެ ގައުމީ ކުރުވާހަކަ ލިޔުމުގެ މުބާތުގައި ބައިވެރިވެ ދަށު ސާނަވީ ގިންތިން މުޅި މުބާރާތުން 1ވަނަ އަދި 2024ވަނަ އަހަރުގެ ގައުމީ މަޒުމޫނު ލިޔުމުގެ މުބާތުގައި ބައިވެރިވެ ސާނަވީ ގިންތިން މުޅި މުބާރާތުން 3ވަނަ އޭނާ ހާސިލުކޮށްފައިވެއެވެ.