މަޑުކޮށްފައި ހުރި ސައިކަލެއްގައި ޖެހި ބްރިޖްގައި އެކްސިޑެންޓެއް
ބޯވާރޭގައި ނުދުއްވިގެން ސިނަމާލެ ބްރިޖްގައި މަޑުކޮށްފައި ހުރި ސައިކަލެއްގައި ދުއްވާފައި ދިޔަ އެހެން ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނީ ސިނަމާލެ ބްރިޖް ހުޅުމާލެއިން މާލެއަށް ދަތުރުކުރާ ފަޅީގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމިގެ ރިޕޯޓް ރޭ 2:21 އެހައިކަންހާއިރު ލިބިފައިވާ ކަމަށެވެ. އަދި މި އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ ފަހަތުން ދުއްވާފައި ދިޔަ ސައިކަލު ދުއްވަން އިން މީހާއަށް ކަމަށާއި އެއީ އެއީ 30 ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ އެ މީހާގެ ފައިގެ ކަށިމަތި ފަޅައިގެން ގޮސްފައިވާ ކަމަށާއި އައިޖީއެމް ހޮސްޕިޓަލުގައި އޭނާއަށް ފަރުވާދެމުންދާ ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.