ދީން

ﷲ ގެ ނަންފުޅު ލިޔެފައިވާ ހެދުން ލުމަކީ ކޮންކަހަލަ ކަމެއް؟

. ، ދެން އޮންލައިން

އަހަރެންގެ ތެރޭގައި ފެޝަންތައް ދަނީ ބަދަލުވެ އިތުރުވަމުންނެވެ. މިގޮތުން ﷲ ސުބްޙާނަހޫ ވަތަޢާލާގެ ނަންފުޅު ލިޔެފައިވާ ޓީޝާރޓް ލާ މީހުން ވެެސް އުޅެއެވެ. މިއީ ވަރަށް ނުރައްކާތެރި ކަމެކެވެ. އެހެނީ މި ފަދަ ޓީޝާރޓް ލާ ބައެއް މީހުން އެއަށް އިހާނަތްތެރިކޮށް ކަންތައް ކޮށްފާނެއެވެ. އެ ލުމުގެ ތެރޭގައި ނުވަތަ އެ ބިންމައްޗަށް އެއްލާލުމުންނެވެ. އަދި އެފަދަ ޓީޝާރޓެއް ލުން ހުއްދަނަމަ އެލައިގެން ފާޚާނާއަށް ވަންނާނީ ކިހިނެއްތޯއެވެ؟ މިކަމުގައި ދީނީ ރައުޔަކީ ކޮބައި ހެއްޔެވެ؟ މި ސުވާލަށް ޝައިޚް މުނައްޖިދު ވަނީ ޖަވާބު ދެއްވާފައެވެ.

Ads by MWSC

الحمد لله
މިފަދަ ޓީޝާރޓު ލުމަކީ ހުއްދަކަމެއް ނޫނެވެ. އަދި އެފަދަ ޓީޝާރޓެއް ލާމީހާ އެފަދަ ކަމެއް ކުރާނަމަ އެކަން ހުއްޓުވަން ޖެހޭނެއެވެ. އެކަމަށް އިންކާރު ކުރަން ޖެހޭނެއެވެ. އެއީ ﷲ ގެ ނަންފުޅަށް އިހާނަތްތެރިވުން އެކަމުގައި ހިމެނޭތީއެވެ. އެގޮތުން މިފަދަ ޓީޝާރޓްތަކުގައި ﷲ ގެ އިސްމުޅު ޕްރިންޓުކުރުމުގެ ސަބަބުން، އެ ޓީޝާރޓްތައް، ﷲ ގެ ނަންފުޅު ލިޔެފައިވާތަކެތި ބެހެއްޓުން ލާއިޤުވެގެން ނުވާ ތަންތަނުގައި މިސާލަކަށް ފާޚާނާފަދަ ތަންތަނުގައި ބެހެއްޓުމާއި، (ޚާއްޞަކޮށް މިފަދަ ތަކެތި ދޮންނައިރު) އެހެނިގެން ގޮތްގޮތުން ވެސް އިހާނާތްތެރިވުން ހިމެނޭތީއެވެ. ތިބާއާ އެހެނިހެން މުސްލިމުން މިފަދަ ޓީޝާރޓްތައް ގަތުމުން ދުރުހެލިވެއްޖެނަމަ އެކަންކުރާބަޔަކަށް އެބައިމީހުންގެ މާރކެޓް ހަނިވެގެންދާނެއެވެ. އޭރުން އެބައިމީހުންގެ މަޤްޞަދަކީ ހަމައެކަނި ވިޔަފާރިކުރުން ކަމުގައިވާނަމަ، އެފަދަ ޓީޝާރޓްތައް ޕްރިންޓުކުރުން ހުއްޓާލަން އެމީހުންނަށް މަޖުބޫރުވާނެއެވެ.”
والله أعلم .

 

މަސްދަރު: ޝާފިޢު.އެމްވީ

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!