ޚަބަރު

ކާނާ ވިހަވެގެން ފަރުވާ ހޯދަމުންދިޔަ ދިވެހި އުމްރާވެރިއަކު ނިޔާވެއްޖެ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ދިވެހި ހައްޖުވެރިން މިނާގައި

ފަރީ ޙައްޖު އެންޑް އުމްރާ ގްރޫޕުގެ ހަވާލުގައި ސައުދީ އަރަބިއްޔާއަށް ގޮސް ހުރި ހއ. ތަކަންދޫ މީހަކު، ކާނާ ވިހަވުމުގެ ސަބަބުން ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.

"ދެން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި ނިޔާވެފައި ވަނީ ހއ. ތަކަންދޫ، ބަގީޗާގޭ، ޢަބްދުﷲ އަޙްމަދެވެ. އޭނާ ނިޔާވީ ކެވުނު އެއްޗެއްގެ ސަބަބުން ކާނާ ވިހަވެ ޙާލު ދެރަވުމާ ގުޅިގެން، ސިއްހީ ފަރުވާ ފޯރުކޮށްދެމުން ދަނިކޮށް ކަމަށް މީޑިއާތަކަށް ވަނީ ކަށަވަރުވެފައެވެ.

ޢުމުރާގެ އަޅުކަމަށް މީހުން ގެންދިއުމުގައި ގިނަ ގުރޫޕުތަކެއް ރާއްޖޭގައި މަސައްކަތް ކުރެއެވެ. އާންމު ގޮތެއްގައި ގިނައިން ޢުމުރާގެ އަޅުކަމަށް ދިވެހިން ގޮސް އުޅެނީ ސްކޫލް ޗުއްޓީ ދުވަސްވަރާ ދިމާކޮށެވެ.

Ads by Ooredoo