Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިންގުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފި

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިންގުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފި

"ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް" ކުރިއަށް ގެންދިއުމަށް ޔޫތު މިނިސްޓްރީ އޮތް ޔޫތު އަދި ޓޫރިޒަމް މިނިސްޓްރީ އާއި ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

މި އެމްއޯޔޫގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަބްދުﷲ ރާފިއުއެވެ. އަދި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން މި އެމްއޯޔޫގައި ސޮއިކުރެއްވީ މިނިސްޓަރު މުހައްމަދު އަމީންއެވެ.

ޔޫތު މިނިސްޓްރީން ބުނީ އެ އެމްއޯޔޫގެ ދަށުން ދެ މިނިސްޓްރީ ގުޅިގެން ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ފަތުރުވެރިކަމުގެ ދާއިރާއިން ޒުވާނުން ތަމުރީނުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ. އަދި އެމްއޯޔޫގެ ތެރެއިން ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ރިސޯޓްތަކާއި އޮންނަ ގުޅުން ރަނގަޅުކޮށްދީ ރިސޯޓްތައ އެ ޕްރޮގްރާމް އަށް އޮންބޯޑްކޮށް، ރިސޯޓްތަކުގެ ބައިވެރިވުން ރަނގަޅުކުރާނެ ކަމަށް ބުންޏެވެ. ހަމައެއާ އެކު ރިސޯޓްތަކާއިމެދު އޮންނަ މައްސަލަތައް ހައްލުކޮށްދޭން ފަސޭހަވެ، ސަޕޯޓް ރޯލްއެއް ގޮތުގައި މަސައްކަތް ކޮށްދިނުން ވެސް ހިމެނޭކަމަށް ބުންޏެވެ.

Advertisement
Ooredoo — Truecaller (box)

އޭގެ އިތުރުން މިއަހަރު ނިމުމުގެ ކުރިން ސެޓްފިކެޓް ލެވެލް 4ގެ ކޯސްތައް ވެސް ފެށުމަށް ދެ މިނިސްޓްރީން މަސައްކަތް ކުރާނެކަމަށް ޔޫތު މިނިސްޓްރީން ބުންޏެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް