މަޖިލީހަށް ސްޓާލިންކުން ސެޓަލައިޓް އިންޓަނެޓް ކަނެކްޝަން ހަދައިދޭނެ ބަޔަކު ހޯދަނީ
ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ސްޓާލިންކް ސެޓެލައިޓް އިންޓަރނެޓް ކަނެކްޝަން ސަޕްލައިކޮށް، އިންސްޓޯލް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް އިއުލާންކޮށްފިއެވެ.
މަޖިލީހުގެ އިދާރާއިން މިއަދު ކުރި އިއުލާނެއްގައި ބުނީ އަންނަ ބުދަ ދުވަހުގެ 23:59ގެ ކުރިން އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅޭނެ ކަމަށެވެ.
މަޖިލީހަށް ސްޓާލިންކް އިންޓަނެޓް ހޯދާ ސަބަބެއް ހާމައެއް ނުކުރެއެވެ. ނަމަވެސް ބެލެވޭ ގޮތުން އެކަން ކުރަނީ ވީހާވެސް ހަލުވިކޮށް މެދުކެނޑުމެއް ނެތި މަޖިލީހަށް އިންޓަނެޓްގެ ހިދުމަތް ހޯދުމަށް ބޭނުންވާތީއެވެ.
ސްޓާލިންކްގެ ހިދުމަތް ލިބޭ ތަންތަނުގެ ޗާޓްގައި ވެސް ރާއްޖެ ހިމަނައި އެ ހިދުމަތް ރާއްޖެއަށް ދޭން ފެށީ 2023ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ.
އޭރު އިއުލާންކުރި ގޮތުން ސްޓާލިންކް ޕެކޭޖުގެ އަގަކީ ޝިޕިންއާ އެކު 10،300ރ. އެވެ.
