ފިނި މޫސުމަށް ޓާމިނަލް 2 ގައި އިތުރު 10 އެއާލައިނެއްގެ ޗެކްއިން ފަށަނީ
ކުރިއަށް އޮތް ފިނި މޫސުމުގެ ދަތުރުތަކާ ގުޅިގެން ބައިނަލްއަޤުވާމީ 10 އެއާލައިނެއްގެ ޗެކްއިން ފަށަން ވީއައިއޭ ޓާމިނަލް 2 އަށް ބަދަލުކުރަން ނިންމައިފިއެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ބުނީ ފަތުރުވެރިން ރާއްޖެ އައުން އެންމެ ބާރުބޮޑުވާ ދުވަސްވަރު ވީއައިއޭގެ ދެ ޓާމިނަލުން ވެސް ބައިނަލްއަޤްވާމީ ދަތުރުތަކަށް ޚިދުމަތްދީ، ޖާގައިގެ ތަނަވަސްކަމާ އެކު ދަތުރުވެރިންނަށް ލުއިފަސޭހަ މާހައުލެއް ޤާއިމްކުރުމަށް ގެނެވުނު ބަދަލެކެވެ.
ޗެކިން ހިދުމަތް ފަށާ 10 އެއާލައިން
ރަޝިޔާގެ އަޒުރް އެއާ
ސައިބީރިއާގެ އެސް
ސެވަން އެއާލައިންސް
އަރުމީނިއާގެ ޝިރަކް އަވިއާ
ކުވައިތު އެއަރވޭސް
ބަލްގޭރިއާގެ ގުލިވް އެއާ
ފްރެންޗް ބީ
އިޓަލީގެ ނިއޯސް އޭރޯފްލޮޓް
ޔޫއެސް-ބަންގަލާ އެއާލައިންސް
އުޒްބެކިސްޓާނުގެ ސެންޓްރަމް އެއާ
ކުރިން ބައިނަލްއަޤްވާމީ ދަތުރުތަކަށް ހާއްސަ ޓާމިނަލް 2 ވަނީ ޒަމާނީ ބަދަލުތަކަކާ އެކު ފެންވަރު މަތިކޮށް، މި އަހަރުގެ އަހަރުގެ ފެބުރުއަރީ މަހު އަލުން ޚިދުމަތްދޭން ފަށާފައެވެ. އެތެރޭގެ އުދުހުންތަކަށް މިހާރު ބޭނުންކުރަމުން އަންނަ މި ޓާމިނަލުގައި 27 ޗެކްއިން ކައުންޓަރާއި އައު ލަގެޖް ބެލްޓްތަކާއި، ކެއިންބުއިމުގެ ފުރުސަތުތަކާއި ނަމާދުކުރާ ކޮޓަރިތަކުގެ އިތުރުން ކުޑަކުދިން ކުޅޭނެ ޚާއްސަ ސަރަޙައްދެއް ޤާއިމުކުރެވިފައިވެއެވެ.
