މަހިބަދޫގެ ނަރުދަމާ ނިޒާމުގެ މަރާމާތްކުރުމުގެ މަޝްރޫއު ސްޓެލްކޯއާ ހަވާލުކޮށްފި
އދ. މަހިބަދޫގައި މިހާރު އޮޕަރޭޓް ކުރަމުންދާ ނަރުދަމާ ނިޒާމުގެ މަރާމާތްކުރުމުގެ މަޝްރޫއު ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އާއި ހަވާލުކޮށްފިއެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަލީ ޝަރީފް އެވެ. އަދި ސްޓެލްކޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ނާޒިރެވެ.
އެ މަޝްރޫއު ސްޓެލްކޯއާ ހަވާލުކުރީ 21.6މިލިއަން ރުފިޔާއަށެވެ. އެއީ 180ދުވަސް ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.
މަހިބަދޫއަކީ މި ސަރުކާރުން އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީކުރަމުން ނިންމާފައިވާ ސަރަހައްދެއްވެސް މެއެވެ.
