ދިޔައީ އެމްޕީ އެއްގެ ހައިސިއްޔަތަކުން ނޫން، ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖަކު ގޮވައިގެން: ޝިފާއު

އިންކަންދަރު ސްކޫލްގައި، ދަރިވަރުންގެ އެންޑިބޮޑީ ޓެސްޓު ހަދަން އެތައް ބަޔަކު ކިޔުގައި ތިއްބާ، އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއު ކިޔު ފަޅާފައި ދިޔަ ކަމަަށް ބުނެ ދެކެވެމުންދާ ވާހަކައަަށް ރައްދު ދެއްވައިފިއެވެ.
ކިޔުގައި އެތައް ބަޔަކު ތިއްބާ ދިޔަ ކަމަށް ބުނެ ކޮށްފައިވާ ޓްވީޓަކަށް ރައްދު ދެއްވަމުން އެމްޕީ ޝިފާޢު ވިދާޅުވީ ވިދާޅުވީ އޭނާ އެތަނަށް ވަނީ އެމްޕީއެއްގެ ހައިސިއްޔަތަކުން ނޫން ކަމަށާއި އޭނާ ދިޔައީ"ޚާއްސަ އެހީއަށް ބޭނުންވާ ދަރިފުޅު" ގޮވައިގެން ކަމަށެވެ.
"ކިޔުގައި ނުޖައްސާ ފުރުސަތު ދީފައިވަނީ ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށް ވީތީ، ކިޔުގައި މަޑު ނުކުރެވޭނެތީ" އެމްޕީ ޝިފާއު ވިދާޅުވިއެވެ.
އެތަނުގައި ތިބި ބައެއް މީހުން ބުނެފައިވަނީ މެންބަރު ޝިފާއު މަޑުނުކޮށް، ސީދާ ވަދެގެން ގޮސް ކިޔު ފަޅާލާފައި ޓެސްޓު ހަދައިގެން ދިޔަ ކަމަށެވެ. މީގެއިތުރުން ޚާއްސަ އެހީއަށް ބޭނުންވާ އެހެން ކުދިން ގޮވައިގެން ވެސް ބައެއް މީހުން ތިބިކަން ފާހަގަކޮށް ބައެއް މީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ކިއުގަ މަޑުނުކުރެވޭނެކަން އެނގޭނީވެސް ކިއުގަ މަޑުކޮށްލިނަމަ ދޯ؟ ބޮޑާ ކަންމަތީ މީހެއްގެ މޫނަށްވެސް ބަލާނުލާގޮސް ވަނީމަ ނޭނގޭނެ. ދެން އުޒުރަކަށް މިނެރެނީ ދަރިފުޅުގެ ހާލަތު. ޕިސްޕިސް. އެތަނުގައި އެތައް އިރެއްވަންދެން އިންތިޒާރުގައި ތިބި މީހުންގެ ހައްޤުކޮބައި؟ އަޑަށް ބާރުލައި އަޅުގަނޑުމެން މިތިބެނީ ރައްޔިތުންގެ ހައްގުގައި އޭ ބަހުން ބުނެލައި އަމަލުން ނުދެއްކުން ވަރަށް ގޯސް. މަ ތިޔަ އަމަލު ކުށްވެރިކުރަން. ވަރަށް ޗީޕް ކަމެއް ތިޔަކުރީ.