Monday, 2 November 2026
Advertisement
HDC — Share-Below (leaderboard)
ސިޔާސީ

ޢާޒިމް ވިދާޅުވަނީ މޫކޭ އަކީ އެކުގައި މަސައްކަތް ކޮށްލަން ވަރަށް ފަސޭހަ ބޭފުޅެއް ކަަމަށް

ޢާޒިމް ވިދާޅުވަނީ މޫކޭ އަކީ އެކުގައި މަސައްކަތް ކޮށްލަން ވަރަށް ފަސޭހަ ބޭފުޅެއް ކަަމަށް
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އާރްޑީސީ) އެމްޑީ މޫސާ އަލި މަނިކު(މޫކޭ)އާ އެކުގައި މަސައްކަތް ކުރަން ވަރަށް ފަސޭހަ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީ)ގެ ސީ.އީ.އޯ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ. ޢާޒިމް މިހެން ވިދާޅުވެފައިވަނީ ކުރެއްވި ޓްވީޓެއްގައެވެ. އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް އާރްޑީސީ ނުވެފައިވަނިކޮށް، އެ މަސައްކަތް އެމްޓީސީސީން ރޭ ވަނީ ފަށައިފައެވެ. އަދި ސްޓެލްކޯއާ ހަަމައަށް ތާރު އަޅައި ނިންމައިލައިފައިވެއެވެ. މިކަމާ ގުޅިގެން، ޢާޒިމް ވިދާޅުވީ މި މަސައްކަތް ބާރަށް ކުރިއަށް ގެންދެވުނީ އާރްޑީސީގެ މުވައްޒަފުންގެ އެހީތެރިކަން އިންތިހާއަށް ލިބިގެން ކަމަށެވެ.
"ދެއްވި އެހީތެރިކަމަށް އެމްޓީސީސީގެ ހުރިހާ މުވައްޒަފުންގެ ނަމުގައި، އާރްޑީސީގެ މެނޭޖްމަންޓް، އަދި ހުރިހާ ލޮބުވެތި މުވައްޒަފުންނަށް ޝުކުރިއްޔާ." ޢާޒިމް ކުރެއްވި ޓްވީޓުގައިވެއެވެ.
https://twitter.com/adamazim/status/1625590623406284829 އަމީނީ މަގުގައި ތާރު އެޅުމުގެ މަޝްރޫޢު، މަގުތައް ހެދުން ފަަދަ މަސައްކަތް ކުރާ އާރްޑީސީއާ ހަވާލު ކޮށްފައިވަނީ، އެ ކުންފުނީގެ ތާރު މެޝިން ބަހައްޓާނެ ބިމެއް އަދި ކަނޑައެޅިފައިނުވާތީ ކަމަށާއި ބިން ހަމަޖެހުނުހާ އަވަހަކަށް އާރްޑީސީގެ ތާރު މެޝިން ބަހައްޓައިގެން، އަމީނީމަގުގެ ދެން އޮތް ބައިގައި ތާރުއެޅުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. އަމީނީ މަގު ހެދުމުގެ އަމަލީ މަސައްކަތް އާރުޑީސީއިން ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުއެވެ. މި މަސައްކަތުގެ ދަށުން 1.7 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމާއި މަގުގައި ފެންހިންދާ ނިޒާމް ޤާއިމްކުރުމާއި މަގުގައި މަގު ބައްތިޖަހާނެއެވެ.    

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް