ޚަބަރު

ޒިޔާދާގެ މަރުގެ މައްސަލައިގައި ހުކުމް ކުރި ޝާހު މަރުވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޖިންސީ ގޯނާ ލިބިގެން ނިޔާވި ޒިޔާދާ ނައީމުގެ މަރުގެ މައްސަލައިގައި ހުކުމް ކުރި އޭނަގެ ފިރިމީހާ އިބްރާހިމް ޝާހް މަރުވެއްޖެއެވެ.

Ads by STELCO

އެނގިފައިވާ ގޮތުގައި ޝާހު މަރުވީ ކަނޑުމަތީގައި ހުއްޓާ، މަހަކުން މޭމަތީގައި ޖެހިގެން ލިބުނު އަނިޔާގައި ހާޓް އެޓޭކެއް ޖެހިގެންނެވެ.

އޭނާގެ ހަށިގަނޑު ގއ. ވިލިނގިލީ ހޮސްޕިޓަލަށް ގެންދިޔުމަށްފަހު މިހާރު ގދ. ތިނަދޫ އަށް ގެންދިޔުމަށް ދަނީ ދަތުރު ކުރަމުންނެވެ.

ޒިޔާދާގެ މަރުގެ މައްސަލައިގައި ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް، މިމަހުގެ އެއްވަނަ ދުވަހު ޝާހުގެ މައްޗަށް ވަނީ އިއްވާފައެވެ. އެހެންކަމުން އޭނާ ނިޔާވީ މަހަށް ގޮސް އުޅެނިކޮށް ކަމަށް ޚަބަރު ލިބުމުން، ގިނަ ބަޔަކު ވަނީ އެކަމާމެދު ސުވާލު އުފައްދާފައެވެ.

ޝާހުގެ އާއިލާގެ ފަރާތުން "ދެން" އަށް މައުލޫމާތު ދިން މީހަކު ބުނީ ޝާހު އަށް ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް މިމަހު އިއްވި ނަމަވެސް، އޭނާ މިނިވަންވީ ކުރިން ހަަތަރު އަހަރު ޖަލުގައި ހޭދަ ކޮށްފައިވާތީ ކަމަށެވެ.

މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވާ، ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިފަދަ ހިތްދަތި ވަގުތެއްގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި އެވެ. އާމީން!
إِنَّا لِلّهِ وَإِنَّـا إِلَيْهِرَاجِعُون

  1. ފޫހި

    އެއްވެސް ހަމްދަރުދީ އެއް ނުވޭ އޭނަ އަކަށް. އެއަށް ވުރެވެސް ނުބައި މަރަކުން މަރުވި ނަމަ އަދި