ހުކުރު ދުވަހު އިދިކޮޅުގެ ޚާއްސަ ޖަލްސާއެއް، ނަމަކީ ކޮތަޅު

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން "ކޮތަޅު" މި ނަމުގައި ބޮޑު ޖަލްސާއެއް ބާއްވަން ތައްޔާރުވެއްޖެއެވެ.
މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި، ޕީއެންސީގެ ރައީސް އަބްދުއްރަޙީމް ވިދާޅުވީ، ޖަލްސާ އޮންނާނީ ހުކުރު ދުވަހުގެ ރޭ، އާޓިފިޝަލް ބީޗު ސަރަޙައްދުގައި، 8:30ގައި ކަމަށެވެ.
މި ޖަލްސާގައި، ކޮތަޅުން ޓެކްސް ނަގާ މައްސަލައާއި ރާއްޖޭގެ ސިޔާސީ މަސްރަޙުގައި މިވަގުތު ހިނގަމުން އަންނަ މުހިންމު ކަންކަމާ ގުޅޭގޮތުން ޕީޕީއެމް-ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުން ވާހަކަ ދައްކަވާނެއެވެ.
އަބްދުއްރަޙީމް ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް ނުޙައްޤުން އަނިޔާ ކުރާ ވާހަކަވެސް ޖަލްސާގައި ދައްކާނެ ކަމަށާއި، ފަޓާސް ބަރިއެއްހެން އެމަނިކުފާނުގެ ޝަރީޢަތް ކުރިޔަށް ގެންދިޔުމަކީ އިދިކޮޅުގެ ކަންބޮޑުވުމެއް ކަމަށެވެ.
އަދި އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައާ ގުޅިފައިވާ ރ.ފުއްގިރި މައްސަލައިގެ އަޑުއެހުންތައް ލައިވް ނުކުރާ މައްސަލައިގައިވެސް އިދިކޮޅުން ނުހަނު ކަންބޮޑުވާކަން އަބްދުއްރަޙީމް ފާހަގަކުރެއްވިއެވެ.







ކޮމެންޓް