ރިސޯޓް ރޭޕް ކޭސްގެ ވާހަކަ 3.4 މިލިޔަން މީހުންނަށް ފޯރައިފި, މުޅި ދުނިޔޭގެ ސަމާލު ކަމަށް!

ކ އަތޮޅުގައި އޮންނަ ރިޓްޒް ކާލްޓަން މޯލްޑިވްސް، ފަރި އައިލެންޑް ރިޒޯޓުގައި ރޭޕް ކުރި ޗައިނާ ފަތުރުވެރިއެއްގެ ވާހަކަ ދުނިޔޭގެ ސަމާލުކަމަށް އައިސްފިއެވެ.
ޔޯލީ ޔިޓޮންގް ނަމަކަށް ކިޔާ މި ފަތުރުވެރިޔާއަކީ އޮސްޓްރޭލިއާގެ ސިޑްނީގައި ދިރިއުޅެމުން އަންނަ ޒުވާން އަންހެން ކުއްޖެކެވެ. ރާއްޖޭގެ ރިސޯޓެއްގައި އޭނާ ރޭޕް ކުރި ވާހަކަ, ޓްވީޓް ކުރުމާއެކު ގިނަ ބައެއްގެ ސަމާލުކަމަށް އެކަން ވަނީ އައިސްފައެވެ.
https://dhen.mv/187567
އަލަށް ހުޅުވި އެކައުންޓަކުން އެ ވާހަކަތައް ކިޔައިދިންއިރު, ޖުމްލަ 3.4 މިލިޔަން މީހުންނަށްވުރެ ގިނަ މީހުންނަށް އޭނާގެ ޓްވީޓް ފެނިފައިވެއެވެ,
އެ ޓްވީޓް ވަނީ 34ހާސް މީހުން ރީޓްވީޓްކޮށްފައެވެ. އަދި 20ހާސް މީހުން ޓްވީޓަށް ލައިކް ދީފައިވެއެވެ.
މި މައްސަލައިގެ ތަފްސީލެއް ރާއްޖޭގެ އިދާރާއިން ހާމަކޮށްފައެއްނުވެއެވެ. އަދި މިކަމާ ގުޅޭ ގޮތުން, ޓޫރިޒަމް މިނިސްޓްރީން ވެސް ވާހަކަ ދައްކާފައެއް ނުވެއެވެ.






ކޮމެންޓް