Saturday, 7 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ޝަހުވަތްތަކުން ދުރުވެ، ޢީދު ފާަާހަގަކުރުމަށް ނަސޭހަތްތެރިވެއްޖެ

ޝަހުވަތްތަކުން ދުރުވެ، ޢީދު ފާަާހަގަކުރުމަށް ނަސޭހަތްތެރިވެއްޖެ

އިސްލާމް ދީނުގައި ޢީދު ދުވަސް ފާހަގަ ކުރަނީ ޝަހުވަތްތަކުގެ ފަހަތުން ދިއުމަށް ނޫން ކަމަށް އަޟްޙާ ޢީދުގެ ޚުތުބާގައި ވިދާޅުވެއްޖެއެވެ.

މިއަދު ދެއްވި ޚުތުބާގައި ވިދާޅުވީ، އިސްލާމީ އީދަކީ އެކަނިވެރިޔާ އޭނާގެ އާއިލާގެ މަތިން، ފަޤީރު މީހާ އޭނާގެ މުހުތާދުތަކުގެ މަތިން، ބީރަށްޓެހިމީހާ އޭނާގެ ރަށްޓެހިންގެ މަތިން އަދި ބިދޭސީ މީހާ އޭނާގެ ޤައުމުގެ މަތިން ހަނދާން ކޮށްދޭ ދުވަހެއް ކަމަށެވެ.
އަދި މިއަދަކީ އެންމެނަށް މާތްރަސްކަލާނގެ ހަނދުމަވާންވީ ދުވަސް ކަމަށެވެ.
މިއާއެކު ޚުތުބާގައި ވަނީ، އިސްލާމް ދީނުގައި ޢީދު ފާހަގަ ކުރުމަކީ ޝަހުވަތްތަކުގެ ފަހަތުން ދިއުން ނޫންކަން ފާހަގަކުރައްވައި، އެއީ މާތްރަސްކަލާނގެ ޙައްދުތަކާއި ހުރުމަތްތައް ގިރާ ކުރުމަށް ހުޅުވާލެވޭ ދޮރެއް ނޫން ކަމަށެވެ.

މީގެއިތުރުން ޚުތުބާގައި ވިދާޅުވެފައި ވަނީ ޢީދު ދުވަހަކީ އުފާ ފާޅުކުރުމުގެ ދުވަހެއް ކަމަށާއި އެހެންނަމަވެސް މި އުފާ ފާޅުކުރަންވާނީ ދީނުގައި ކަނޑައަޅުއްވާފައިވާ އިމުގެ ތެރޭގައި ކަމަށެވެ.

އެގޮތުން ކުޅިވަރު ކުޅުމާއި، އުފާކުރުމާއި، ކެއިންބުއިމަކީ އީދުގެ އުފަލުގެ ބައެއް ކަމަށް ބުނެފައިވެއެވެ. އަދި އަހަރެމެން ޢީދު ފާހަގަކުރަންވާނީ އެހެން މީހުން ޢީދު ފާހަގަކުރާ ގޮތް ކޮޕީކޮށްގެން ނޫން ކަމަށްވެސް ޚުތުބާގައިވެއެވެ.

Advertisement
Allied — Dhen Online (box)

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް