Monday, 2 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ވޯޓު ލެވޭނީ ކަޅު ނޫނީ ނޫ ކުލައިގެ ގަލަމަކުން އެކަނި: އިލެކްޝަންސް

ވޯޓު ލެވޭނީ ކަޅު ނޫނީ ނޫ ކުލައިގެ ގަލަމަކުން އެކަނި: އިލެކްޝަންސް

ސެޕްޓެމްބަރު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓު ކަރުދާހުގައި ފާހަގަ ޖެހޭނީ ކަޅު ނުވަތަ ނޫކުލައިގެ ދެލި ހިނގާ ގަލަަމަކުން އެކަނި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަން ކޮމިޝަނުގެ ނައިބް ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ވޯޓު ކަރުދާހުގައި ޖަހާ ފާހަގަ އަކީ އެންމެ ފާހަަގައެއް ކަމަށް ވާނެޖެހޭނެ ކަމަށާއި، އިތުރު ފާހަގަތައް ޖަހާފައި ހުންނަ ވޯޓު ކަރުދާހަކީ ބާތިލް ވޯޓެއް ކަމުގައި ގުނާނެ ކަމަށެވެ.

އަދި އިންތިހާބުގައި ވޯޓު ލެވޭނީ ކަޅު ނުވަތަ ނޫ ކުލައިގެ ދެލި ހިނގާ ގަލަމަކުން އެކަނި ކަމަށާއި އަމިއްލަ ގަލަމެއް މީހަކު ގެނެސްފިނަމަ، އެ ގަލަމެއް އޮފިޝަލުން ޗެކް ކުރާނެ ކަމަށް ބުންޏެވެ. އެއީ ކޮން ކުލައަކުން ލިޔެވޭ ގަލަމެއްތޯ ޗެކުކުރާނެއެވެ.

Advertisement
Allied Insurance — Square (box)

"ޗެކުކުރާއިރު އެ ގަލަމަކީ ކަޅު ނުވަތަ ނޫ ކުލައިގެ ދެލިން ލިޔެވޭ ގަލަމަކަށް ނުވާނަމަ އެ ގަލަމެއް ވޯޓުލާ މަރުކަޒަކަށް ނުވެއްދޭނެ" ހަބީބް ވިދާޅުވިއެވެ.

ހަބީބް ވިދާޅުވީ އެންމެ ރަނގަޅު ގޮތަކީ ވޯޓިން ބޫތުގައި ބާއްވާފައި އޮންނަ ގަލަން  ބޭނުންކުރުން ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް