Thursday, 5 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ނޭކުރެންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ހަދާނަން: ރައީސް ޞާލިޙު

ނޭކުރެންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ހަދާނަން: ރައީސް ޞާލިޙު
ހދ.ނޭކުރެންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކޮށްދެއްވާނެ ކަމަށް ރައީީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. ިރިޔާސީ ކެމްޕެއިނުގައި، ހދ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ އަތޮޅު ނޭކުރެންދުއަށް ވަޑައިގެން، ރައީސް ޞާލިޙު ވިދާޅުވީ، މަގު ހެދުމުގެ އިތުރުން، އެ ރަށުގެ ބަނދަރު ތަރައްޤު ކުރާއިރު، މޫދަށް އެރޭ ސަރަޙައްދަކާއި، ދޯނި އެހެލާ ސަރަހައްދެއް ވެސް ހަދައިދެއްވާނެ ކަމަށެވެ.
"މި ރަށުގެ ޒުވާނުން ބޭނުންވާ ގޮތަށް، އެކި ކުޅިވަރުތައް ކުޅެވޭ ގޮތަށް މިތާ ޔޫތު ސެންޓަރެއް ހަދާ، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، އަޅާދޭނަން." ރައީީސް ވިދާޅުވިއެވެ.
މީގެއިތުރުން، އެ ރަށުގައި ކުނި ނައްތާލުމަށްޓަކައި، ޒަމާނީ ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ގާއިމު ކުރައްވާނެ ކަމަށް ވެސް ރައީސް ޞާލިޙު ވަޢުދުވެވަޑައިގެންނެވިއެވެ. އެ މަސައްކަތް މިހާރު އެވޯޑް ވެސް ކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީީސް ވިދާޅުވީ އެމަނިކުފާނާއި އެކުގައި އެމްޑީއޭ، އަދި އަދާލަތު ވެސް ނުކުމެ ތިބީ ރައްޔިތުންނަށް ޚިދުމަތް ކުރަން ކަމަށާއި، ރައްޔިތުން ނުކުމެ، އެމްޑީޕީއަށް ލާ ވޯޓެއް ބޭކާރު ވެގެން ނުދާނެ ކަމަށެވެ.    

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް