ޚަބަރު

ގަދަ ވިދުވަރަކާއެކު ގުގުރާލުމުން ކޮމަންޑޫގެ ބައެއް މީހުންނަށާއި ގޭގެ ތަކެއްޗަށް ގެއްލުން ވެއްޖެ

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ރޭ އިރާކޮޅު ، ށ.ކޮމަންޑުއަށް އައި ގަދަ ވިދުވަރަކާއެކު ގުގުރާލުމުން ބައެއް މީހުންނަށާއި ގޭގެ ތަކެއްޗަށް ގެއްލުން ލިބިއްޖެއެވެ.

Ads by Sosun Fihaara

"ދެން"އާ ވާހަކަ ދައްކަމުން ކޮމަންޑޫ ކައުންސިލްގެ ނައިބު ރައީސް މުޙައްމަދު ޢާރިފް ވިދާޅުވީ އެ ހާދިސާ ހިނގީ ރޭ އިރާކޮޅު 8:30 ކަންހާއިރު ކަމަށާއި ވިދުވަރާއެކު ގުގުރާލީ އެންމެ ފަހަރަކު ކަމަށެވެ. އަދި އެފަދަ ވިދުވަރާއި ގުގުރުމެއް އެރަށަށް މިހާތަނަށް ކުރިމަތިވެފައި ނުވާ ކަމަށް ވެސް އެރަށުގެ މީހުންނާ ހަވާލާދީ އާރިފް ވިދާޅުވިއެވެ.

އާރިފް ވިދާޅުވީ ގަދަ ވިދުވަރަކާއެކު ގުގުރާލީ އުޑުމަތި ސާފުކޮށް އޮވެފައި ކަމަށާއި ، އެހެން ކަމުން އާންމުކޮށް މީހުން ވެސް މަގުމަތީގައި އެވަގުތު އުޅުނު ކަމަށެވެ. އެގޮތުން ލިބުނު ކުއްލި ޝޮކްގައި އެކަކު ވެއްޓި އިނގިއްޔެއް ބިއްދައިގެން ދިޔައިރު ، ލިބުނު އެކި އަނިޔާތަކުގައި ދެމީހަކަށް ޞިއްޙީ މަރުކަޒުގައި ފަރުވާ ދިން ކަމަށް އާރިފް ވިދާޅުވިއެވެ.

އާރިފް ވިދާ ގުގުރުމާއެކު ހޮނު އެޅި ކަމަށާއި މަންޒަރު އެރަށުގެ ބައެއް މީހުންނަށް ފެނުނު ކަމަށް އެމީހުން ހިއްސާކޮށްފައިވާ ކަމަށެވެ. އަދި މިކަންކަމާއެކު ބައެއް ގޭގެ ޓީވީފަދަ ވަސީލަތްތައް ހަލާކުވިއިރު އެއް ގެއެއްގެ ކަރަންޓް ބޯޑް އަނދައިގެން ދިޔަ ކަމަށް ވެސް އާރިފް މައުލޫމާތު ދެއްވިއެވެ.

Ads by HDC
  1. ާާާަަައަހުމަދު

    ވަރައް ބިރުވެރި ރެެއެއް އެއީ.އަދިވެސް ބިރު ހީވޭ.ނަފްސާނީ ބިރަކަަައް ވެއްޖެ.ނިދާ އިރުވެސް ސިހުން ވޭ،އެ މަންޒަރު ހަދާނައް އާދޭ.އަޅުގަނޑު އެދެން އެމްމެން ޑަކްޓަރ ކައިރި ފަރުވާ ހޯދުމައް