Monday, 2 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އަޅުގަނޑު ތާއީދު ކުރަނީ ރިޔާސީ ނިޒާމަށް: ރައީސް ޞާލިޙް

އަޅުގަނޑު ތާއީދު ކުރަނީ ރިޔާސީ ނިޒާމަށް: ރައީސް ޞާލިޙް

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ތާއީދު ކުރައްވަނީ ރިޔާސީ ނިޒާމަށް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ދެއްވި ޖަވާބުގައެވެ.

ރައީސް ޞާލީހް މިއަދު ވިދާޅުވީ, ބަރުލަމާނީ ނިޒާމާ މެދު އެމަނިކުފާނު މީގެ ކުރިން ހިޔާލުފާޅުކުރައްވާފައިވާނޭ ކަމަށެވެ. އަދި އެ ހިޔާލު ބަދަލުނުވާ ކަމަށާއި, އެއީ ބަރުލަމާނީ ނިޒާމަށް ވުރެ ރާއްޖެއަށް ފައިދާ ބޮޑީ ރިޔާސީ ނިޒާމު ކަމަށް އެމަނިކުފާނު ގަބޫލުކުރައްވާ ކަމަށެވެ.

Advertisement
Allied — Dhen Online (box)

ރައްޔިތުންނަށް ރަނގަޅުވާނީ ރިޔާސީ ނިޒާމު ކަމަށް އަދިވެސް ގަބޫލުފުޅުކުރައްވާ ކަމަށާއި ގޮތް ނިންމާނީ ޕާޓީން ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

”އަޅުގަނޑު ޕާސަނަލީ ގަބޫލު ކުރަނީ. ދެކެނީ ގައުމަށް އެންމެ ފައިދާހުރި ގޮތަކީ ރިޔާސީ ނިޒާމު ކަމަށް” ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ޞާލިޙް މިފަދައިން ވިދާޅުވެފައިވަނީ ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފެއްދެވި ދަ ޑިމޮކްރެޓްސް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް