Monday, 2 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ތަސްބީހަ ފައްޗެއްހެން 'އަންނި, އަންނި, އަންނި' ކިޔާލަކިޔާލާ ތިއްބަސް އެމްޑީޕީ ކުރިޔަކަށް ނުކަޑާނެ: އީވާ

ތަސްބީހަ ފައްޗެއްހެން 'އަންނި, އަންނި, އަންނި' ކިޔާލަކިޔާލާ ތިއްބަސް އެމްޑީޕީ ކުރިޔަކަށް ނުކަޑާނެ: އީވާ

ތަސްބީހަ ފައްޗެއްހެން 'އަންނި, އަންނި, އަންނި' ކިޔާލަކިޔާލާ ތިއްބަސް އެމްޑީޕީ ކުރިޔަށް ނުކަޑާނެ ކަމަށާއި, މިއަދު ބޭނުންވަނީ މަޝްވަރާ ކަމަށް, ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް, އީވާ އަބްދުالله ވިދާޅުވެއްޖެއެވެ.

އީވާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކޮންޕޮޒިޝަން އޮތް ގޮތަށް ބަދަލު ގެނައުމަށް ޑިމޮކްރެޓްސްގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ހުށަހެޅުއްވި އިސްލާހަށް ބަހުސް ކުރައްވަމުންނެވެ.

މި އިސްލާޙަށް ބަހުސް ކުރެއްވި އެމްޑީޕީގެ މެންބަރުން ވަނީ އެ އިސްލާޙަށް ތާއީދު ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

Advertisement
Ooredoo — Truecaller (box)

އެކަމަށް ރައްދު ދެއްވަމުން އީވާ ވިދާޅުވީ, އިސްލާޙްގައި އޮތް އެއްޗެއް ނުބަލާ, ވަކި ބަޔަކު ހުށަހެޅުމުން ތާއީދު ނުކުރަން އެމްޑީޕީން ނިންމާފައިވާ ކަމަށާއި, އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިއަދު އެމްޑީޕީ ކުރިޔަށްދާނީ ވަކި މީހަކު ކަމެއް ކުރަން އުޅުމުން ނޫނެނޭ ބުނުމުގެ ބަދަލުގައި, މަޝްވަރާގެ އުސޫ;ު އިސްކޮށްގެން ކަމަށެވެ.

"ކޮންމެވެސް ހަރުދަނާ ބިނާކުރަނިވި މަސައްކަތެއް ކުރަން އެބަޖެހޭ. މިތަންތާންގައި ދައްކަނީ ކޮން ވާހަކައެއްތޯ ވިސްނަން ޖެހޭ. ކޮންސެޕްޓްތަކާ ދޭތެރޭގައި ވިސްނަން ޖެހޭ. އައިޑިއާސްއާ ތަކާ ދޭތެރޭގައި ވިސްނަން ޖެހޭ. އަލުން އަނބުރާ ސިޔާސީ މަޝްވަރާއަށް ދާން އެބަޖެހޭ." އީވާ ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް