އެއްވެސް މަޝްރޫޢުއެއް ހުއްޓައިލުމަށް ޑރ. މުޢިއްޒު ވިދާޅެއްނުވޭ، މިއީ އައު ސަރުކާރާމެދު ގޯސް ތަޞައްވުރެއް އުފެއްދުމަށް ބަޔަކު ކުރާ ކަމެއް: ފިރުޒުލް

މި ސަރުކާރުން ފަށާފައިވާ އެއްވެސް މަޝްރޫއެއް ހުއްޓާލުމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިނުވާކަމަށާއި، އެފަދަ ވާހަކަތައް ފަތުރަނީ އައު ސަރުކާރާމެދު ގޯސް ތަޞައްވުރެއް އުފެއްދުމަށްޓަކައި ކަމަށް އިންތިޚާބީ ރައީސް މުޢިއްޒުގެ ތަރުޖަމާނު މުޙައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.
މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކައިގައި ފިރުޒުލް ވިދާޅުވީ، ބައެއް ރަށްރަށުގައި ފަށާފައިވާ މަޝްރޫޢުތައް ހުއްޓާލާފައިވާކަމުގެ ޝަކުވާ ލިބޭކަމަށާއި އެކަން ކުރަނީ ޑރ. މުޢިއްޒު ވިދާޅުވެގެންކަމަށް ބަޔަކު މީހުން ވާހަކަ ދައްކަމުންދާ ކަމަށެވެ.
"އަޅުގަނޑުމެންނަށް ރަށްރަށުން ކޮންމެވެސް ވަރަކަށް ޝަކުވާ ލިބެމުން އެބަގެންދޭ ރަށްރަށުގައި މިހާރު ހިންގަން ފަށާފައިވާ ބައެއް މަޝްރޫއުތައް މަޑުޖައްސާލުމަށްފަހު ރައްޔިތުން ގާތު ބުނަމުންދާކަމަށް އެކަން މަޑުޖައްސާލީ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގަތުމަށްކަމަށް" ފިރުޒުލް ވިދާޅުވިއެވެ.އެހެންކަމުން ޑރ. މުޢިއްޒުގެ ފަރާތްޕުޅުން ހިނގަމުންދާ އެއްވެސް މަސައްކަތެއް ނުވަތަ އެއްވެސް މަޝްރޫޢުއެއް ހުއްޓައިލުމަށް އެދިވަޑައިގެންފައިނުވާކަމަށް ފިރުޒުލް ވިދާޅުވިއެވެ. "އިންތިޚާބީ ރައީސުލްޖުމްހުރިއްޔާގެ ފަރާތްޕުޅަކުން ހިނގަމުންދާ އެއްވެސް މަސައްކަތެއް އެއްވެސް މަޝްރޫޢުއެއް ހުއްޓައިލުމަކަށް އެދިވަޑައިގެންފައިނުވޭ" ފިރުޒުލް ވިދާޅުވިއެވެ. މީގެ އިތުރުން ފިރުޒުލް ވަނީ ޑރ. މުޢިއްޒުގެ ފަރާތްޕުޅުން ރައީސް ޞާލިޙަށް މި މަރުހަލާގައި ބައެއް ކަންކަން ނުކޮށް މަޑުޖައްސާލުމަށް އެދި ފޮނުއްވި ސިޓީގައި ބަޔާންކޮށްފައިވާ ކަންކަން ތަކުރާރު ކުރައްވައިފައެވެ. އެގޮތުން، ރައީސް ޞާލިޙަށް ފޮނުއްވި ސިޓީގައި 7 ކަމަކަށް އިންތިޚާބީ ރައީސް އިޝާރާތްކުރައްވާފައިވާކަމަށް ފިރުޒުލް ފާހަގަކުރެއްވިއެވެ.
- ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އައު އިންވެސްޓުމަންޓެއް ނުކުރުން
- ދައުލަތުގެ އެއްވެސް ބިމެއް ތަރައްޤީކޮށް ވިއްކުމުގެ އައު ހުއްދައެއް ނުދިނުން
- ދައުލަތުގެ އެއްވެސް މުދަލެއްގެ މިލްކުވެރިކަން އެހެން ފަރާތަކަށް ބަދަލުނުކުރުން
- ބައިނަލްއަޤްވާމީ އައު މުއާޙަދާތަކާއި އެއްބަސްވުންތަކުގައި ސޮއިނުކުރުން
- ޕީއެންސްއައިޕީ އަދި އެހެންވެސް ޕްރޮގްރާމެއްގެ ދަށުން އައު ޕްރޮޖެކްޓެއް ނުފެށުން
- ދައުލަތުގެ އެއްވެސް މުއައްސަސާއެއްގެ މުސާރައިގެ އޮނިގަނޑަށް އެއްވެސް ބަދަލެއް ނުގެނައުން
- ދައުލަތުގެ އެއްވެސް ވަޒީފާއަކަށް އަލަށް މީހަކު ނުވެއްދުން އަދި މަޤާމުގެ ކުރިއެރުން ނުދިނުން.
- ކުންފުނިތަކުން އައު ޕްރޮޖެކްޓުތައް އިޢުލާނުކުރުމާއި ޕްރޮޖެކްޓުތައް ފެށުން
- ކުންފުނިތަކުން އައު އެއްވެސް އިންވެސްޓްމަންޓެއް ފެށުން
- ސަރުކާރުގެ ކުންފުންޏެއްގެ ބެލުމުގެ ދަށުގައި ހުރި އެއްވެސް ބިމެއް ނުވަތަ އެހެންވެސް މުދަލެއް ކުއްޔަށްދިނުމާއި ވިއްކުން
- އިތުރު ލޯނުތައް ނެގުން
- ކުންފުނިތަކުގެ ވަޒީފާގެ އޮނިގަނޑާއި މުސާރައިގެ އޮނިގަނޑަށް އެއްވެސް ބަދަލެއް ގެނައުން
- ކުންފުނިތަކުގެ ވަޒީފާތަކަށް އަލަށް މީހުން ވެއްދުމާއި މިހާރު ވަޒީފާ އަދާކުރަމުންދާ ފަރާތްތަކަށް މަޤާމުގެ ކުރިއެރުން ދިނުން
- އެއްވެސް ފަރާތަކުން ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާއެއް މަޢާފުކުރުން
- ކުންފުނިތަކުގެ ހިންގާ ގަވާއިދަށް ބަދަލުގެނައުން
- ކުންފުނިތަކުގައި އަމަލުކުރަމުންދާ ޤަވާއިދުތަކަށާއި އުޞޫލުތަކަށް ބަދަލުގެނައުން



.jpeg?prefix=media)


ކޮމެންޓް