Monday, 2 November 2026
Advertisement
Ooredoo — Airfibre (leaderboard)
ސިޔާސީ

ބޭރުގެ އެމްބަސީތަކުގައި ވަޒީފާ އަދާކުރާ ސިޔާސީ މުވައްޒަފުން ރާއްޖެ ގެންނަނީ

ބޭރުގެ އެމްބަސީތަކުގައި ވަޒީފާ އަދާކުރާ ސިޔާސީ މުވައްޒަފުން ރާއްޖެ ގެންނަނީ

ރާއްޖޭން ބޭރުގެ ދިވެހި އެމްބަސީތަކުގައި ސިޔާސީ މަޤާމުތައް އަދާކުރައްވާ ބޭފުޅުން ރާއްޖެ ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓްރީން އެގޮތަށް އެންގީ ރާއްޖޭގެ ޑިޕްލޮމެޓިކް އަދި ކޮންސިއުލާ މިޝަންތަކުގައި ވަޒީފާ އަދާކުރައްވަމުން ގެންދަވާ ބައެއް ބޭފުޅުން 18 ވަނަ ދުވަހުގެ ކުރިން ރާއްޖެ ގެނައުމަށް އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ އޮފީހުން އެދިވަޑައިގެންފައި ވާތީއެވެ.

އެގޮތުން ސިޔާސީ މަޤާމުތަކުގައި ތިއްބެވި 61 ބޭފުޅަކަށް މިހާރު ވަނީ 18 ވަނަ ދުވަހުގެ ކުރިން ރާއްޖެ ވަޑައިގަތުމަށް ދަންނަވާފައި ކަމަށް ފޮރިން މިނިސްޓްރީން ހާމަކުރެއެވެ.

Advertisement
HDC — Sidebar (box)

މީގެ އިތުރުން ފޮރިން މިނިސްޓްރީން ވިދާޅުވީ އެ މުވައްޒަފުން ރާއްޖެ ވަޑައިގަތުމުގެ އިމްތިޒާމްތައް އުސޫލާއި އެއްގޮތްވާ ގޮތުގެ މަތިން މިޝަންއިން އިންތިޒާމް ކުރާނެ ކަމަށެވެ.

މިމަހުގެ 18 ގެ ކުރިން އެމްބަސީތަކުގައި ތިބި ސިޔާސީ މުވައްޒަފުން ރާއްޖެ އަންނަން އަންގާފައިވާއިރު މިއީ ސަރުކާރު ބަދަލުވާ ކޮންމެ މަރުހަލާއެއްގައިވެސް، އާންމުކޮށް އަމަލު ކުރަމުން ގެންދާ އުސޫލެވެ.

އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ހުވާ ކުރައްވަން ހަމަޖެހިފައި ވަނީ މި މަހުގެ 17 ވަނަ ދުވަހު ޖުމްހޫރީ މައިދާނުގައި ބާއްވާ ޚާއްސަ ރަސްމިއްޔާތެއްގައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް