"ފެން ބޮޑުވުމުން ރައްޔިތުންނަށް ވަނީ އެހީތެރިކަން ބޭނުންވެފައި ، ކަމާގުޅޭ އިދާރާތަކުން އަވަހަށް އެހީތެރިވެދެއްވާ!"

މާލެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި ގިނަ ރައްޔިތުންތަކެއްގެ ގެދޮރާ މުދާ ސަލާމަތް ކުރުމަށް ބޭނުން ޖެހިފައިވާ ކަމަށާއި އެކަމަށް އެހީތެރިވެ ދެއްވުމަށް ޕީޕީއެމްގެ ނައިބު ރައީސް މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.
މުޢިއްޒު ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް ވީއެންމެ އަވަހަކަށް އެހީތެރިކަން ފޯރު ކޮށްދެއްވުން ވަރަށް މުހިންމު ކަމަށެވެ.
މާލެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭ ވެހުމުން ގިނަ މަގުތަކެއް ވަނީ ފެން ބޮޑުވެފައެވެ.
ބޯކޮށް ވާރޭ ވެހި ފެން ބޮޑުވުމުގެ މައްސަލައަށް ހައްލެއް ނުލިބިވާއިރު ، ކުރީގެ އިދިކޮޅު ފަރާތްތަކުން އެންމެ ބޮޑަށް ސަރުކާރަށް އަދި ޚާއްޞަކޮށް ކުރީގެ ހައުސިން މިނިސްޓަރ މުޢިއްޒަށް ފާޑުކީ އެއްކަމަކީ މަގުތަކުގައި ފެން ބޮޑުވުމުގެ މައްސަލައެވެ. ނަމަވެސް މި ސަރުކާރަށް ދެ އަހަރު ފުރިގެން ދިޔައިރު ވެސް އެ މައްސަލައަށް ޙައްލެއް ހޯދިފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ.