Thursday, 29 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާަމަ ކުރައްވައިފި

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާަމަ ކުރައްވައިފި
ރާއްޖޭގައި އިންޑިއާގެ 77 ސިފައިން ތިބިކަން ސަރުކާރުން ކަށަވަރު ކޮށްދެއްވައިފިއެވެ. މިކަން ހާމަކުރެއްވީ ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޮރ ޕަބްލިކް ޕޮލިސީ މުޙައްމަދު ފިރުޒުލްއެވެ. ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޒުލް ވަނީ އެ ސިފައިން ހަރަކާތްތެރިވަނީ އިންޑިއާ އިން ރާއްޖެއަށް ހަދިޔާ ކުރި ދެ ހެލިކޮޕްޓަރާއި، ޑޯނިއާ ދުއްވުމަށާއި، މެއިންޓެނެންސް އަދި އިންޖިނިއަރިން މަސައްކަތުގައި ކަމަށް ވިދާޅުވެފައެވެ.
"މިހައިތަނަށް އަޅުގަނޑުމެންނަށް އެއްކުރެވިފައިވާ މަޢުލޫމާތަށް ބަލާއިރު، އިންޑިއާ ސިފައިންގެ 77 ސިފައިން ރާއްޖޭގައި ޤާއިމުވެ ތިބިކަން އަޅުގަނޑު ފާހަގަކުރަން ބޭނުން.  މީގެތެރޭގައި އެއް ހެލިކޮޕްޓަރު ދުއްވަމަށް، 24 ސިފައިން، ޑޯނިއަރ މަތިންދާ ބޯޓު ދުއްވުމަށް 25 ސިފައިން، އަދި ދެވަނަ ހެލިކޮޕްޓަރެއް ދުއްވުމަށް 26 ސިފައިން." ފިރުޒުލް ވިދާޅުވިއެވެ.
މި އަދަދުތަކުގެ އިތުރަށް މެއިންޓެނެންްސް އަދި އިންޖިނިއަރިން މަސައްކަތްތަކުގައި ދެ ސިފައިން ހަރަކާތްތެރިވާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންގޮސްދެއްވުމަށް އެދި ދިވެހި ސަރުކާރުން ރަސްމީ ގޮތުން އިންޑިއާ ސަރުކާރުގައި ރަސްމީކޮށް އެދިވަޑައިގެންފައިވެއެވެ. މިކަމަށް އެދިވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާގެ މިނިސްޓަރ އޮފް އަރތް ސައިންސެސް، މިސްޓަރ ކިރެން ރިޖިޖޫ އާއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ. މިކަމާއި ގުޅޭ އިތުރު ތަފްސީލް ރައީސް އޮފީހުން ހާމަނުކުރައްވައެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށް އިންޑިއާ ސަރުކާރުގައި ވެރިކަމުގެ އެންމެ ކުރީކޮޅު އެދިވަޑައިގަންނަވާނެކަމަށް ރައީސް ޑރ.މުޢިއްޒު މީގެ ކުރިންވެސް ވިދާޅުވެފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް