ޚަބަރު

ބަޖެޓަށް ލާރި ހޯދަން ނޭނގުމަކީ ރައްޔިތުން ފެލަން ޖެހޭ ކަމެއް ނޫން: މުޙައްމަދު

ދެން އެމްވީ ، ދެން އޮންލައިން

ބަޖެޓަށް ފައިސާ ހޯދަން ނޭނގުމަކީ ރައްޔިތުން ފެލަން ޖެހޭ ކަމެއް ނޫން ކަމަށް ރައްޔިތުން މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މުޙައްމަދު މިހެން ވިދާޅުވީ މާލޭ ފަޅުގައި އަޅާފައި އޮތް އުޅަނދުތަކެއްގައި މިއަދު ފުލުހުން ސްޓިކާ ޖެހުމުން އެކަން ފާހަގަކޮށް ކުރެއްވި ފޭސްބުކް ސްޓޭޓަސްއެއްގައެވެ. އެގޮތުން މުހައްމަދު ވިދާޅުވީ ބަޖެޓަށް ފައިސާ ހޯދަން ނޭނގުމަކީ ރައްޔިތުން ފެލަން ޖެހޭ ކަމެއް ނޫން ކަމަށާއި އެއީ ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ބޭނުން ކުރަން ޖެހޭ ސަބަބެއް ވެސް ނޫން ކަމަށެވެ. މުހައްމަދު ވިދާޅުވީ މިއީ ގައުމީ ބޮޑު މައްސަލައެއް ކަމަށާއި ރައްޔިތުން ވިސްނަން ޖެހޭ ކަމެއް ކަމަށެވެ.

“2018،2019،2020 ދައުލަތުގެ ބަޖެޓުން ރައްޔިތަކަށް ކުރި ފައިދާއެއް ފެންނާކަށް ނެތް، މިހާރުވެސް އޭރުވެސް ރައްޔިތުން ފެލައިގެން ގައުމު ހިންގަން އުޅޭމަންޒަރު ފެންނަނީ ، ކޮވިޑުގެ މި ހާލަތު ރައްޔިތުންގެ ނޭވާލާ ނިޒާމުން ވެސް ވައްކަން
،ދުއްވާސައިކަލުން އިސްޓިކާގެ ނަމުގައި ވެސް ވައްކަން،  ފަޅުތެރޭގައި އަޅާފަހުރި ލޯންޗުތަކުން ވެސް ވައްކަން ، ހުޅުމާލެ ދެވަން ފޭސްއިން ބިން ވިއްކައިގެން ވެސް ވައްކަން ،  ދައުލަތުގެ ކުންފުނިތަކުގެ ހިއްސާ ބޭރުގެ ފަރާތްތަކަށް ވިއްކައިގެން ވެސް ވައްކަން ، ދައުލަތުގެ ބަޖެޓަށް ލާރި ހޯދަން ނޭނގުމަކީ ރައްޔިތުން ފެލާލަންޖެހޭ ކަމެއް ނޫން” މުހައްމަދު ލިޔުއްވާފައި ވެއެވެ.

މުހަައްމަދުގެ މި ސްޓޭޓަސްގައި އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ހިނގައިދިޔަ ބައެއް ކަންކަން ވެސް ފާހަގަކޮށް ފާޑު ކިޔާފައި ވެއެވެ. އެގޮތުން ރަށްރަށުގެ މާލިއްޔާގައި ހުރި ފައިސާތައް ވެސް ސަރުކާރަށް ނެންގެވިކަން ފާހަގަ ކުރެއްވިއެވެ.

“2008 ގައި ވެރިކަން ލިބުމުން ރައްޔިތުންގެ ޖީބުގައި ހުރި ލާރިކޮޅު އަތުލާ ރަށްރަށުގެ ރާކާފު ކޮމެޓީގައި ހުރި ލާރިކޮޅު ވެސް ކާލާ ދިރުވާލީ ، ދައުލަތުގެ ހަރުމުދާތައް ވިއްކާލީ ، ނުވިތާކަށް ދެއަހަރުބައި ނުވަނީސް އަމިއްލަފުޅަށް ވެރިކަން ދޫކޮށްލާ ދައުލަތުގެ 600 މިލިޔަނެއްހާ އަގުހުރި މުދަލުގައި ހުޅުޖަހާ އަންދާލިކަން ތާރީހުން ފެންނަން ހުންނާނެ”މުހައްމަދު ލިޔުއްވާފައި ވެއެވެ.

މާލޭ ފަޅުގައި އަޅާފައި އޮތް އުޅަނދުތަކެއްގައި މިއަދު ސްޓިކާ ޖަހާ ޖޫރިމަނާ ކުރިއިރު އިގްތިސާދީ ހަރަކާތްތައް މަދުވެ މުދަލާއި މީހުން އުފުލާ އުޅަނދުތަކަށް ދަތުރު ލިބެނީ ވަރަށް މަދުން ކަމަށް އުޅަނދު ފަހަރުތަކުގެ ވެރިން ފާހަގަ ކުރެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!