ދުނިޔެ

ސްވިޑަންގެ ބަހަނާ: ކީރިތި ޤުރްއާން އަންދަނީ އިސްލާމްދީނާމެދު ނަފްރަތު އުފައްދާކަށް ނޫން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކީރިތި ޤުރްއާން އަންދަނީ އިސްލާމްދީންދެކެ ނަފްރަތު ކުރާތީ ނުވަތަ ނަފްރަތު އުފެއްދުމަކަށް ވެސް ނޫން ކަމަށް ސްވިޑަންގެ ވަކީލުންތަކެއް ބުނެފިއެވެ.

Ads by Sosun Fihaara

ސްވިޑަންގެ މަލްމޯ ގައި މުސްލިމުންނާ ދެކޮޅަށް ހަރަކާތްތަކެއް ހިންގާ، ޣައިރު މުސްލިމުންތަކެއް ވަނީ ކީރިތި ޤުރްއާން ވެސް އަންދާފައެވެ.

މިކަމާއި ގުޅިގެން އެތައް މުސްލިމުންނެއް ވަނީ ކަންބޮޑުވުން ފާޅުކޮށް، މިފަދަ ބޭއަދަބީ ކަންކަން ނުކުރުމަށް ގޮވާލާ މަގުތައްމަތީ އަޑު އުފުލާފައެވެ.

ކީރިތި ޤުރްއާނަށް އިޙްތިރާމް ނުކޮށް، ޤުރްއާން އަންދާލި މީހުންގެ މި ވިޔާނުދާ ޢަމަލު ދިފާޢުކުރަމުން އެޤައުމުގެ ވަކީލުންތަކެއް ބުނީ، ކީރިތި ޤުރްއާން އަންދާލުމާއި އެފޮތުގައި ކޮޅުފައިން ޖެހުމަކީ ވެސް ނަފްރަތު ފެތުރުމަށް ކުރާ ކަމެއް ނޫން ކަމަށެވެ. އަދި އެއީ އެބައެއްގެ އަމިއްލަ މިނިވަންކަން ކަމަށެވެ.

މިއަހަރުގެ އޮގަސްޓް މަހުގެ 28 ވަނަ ދުވަހު ހިނގި މިހާދިސާގެ ސަބަބުން އެތައް ބަޔަކު ވަނީ އެވަކީލުންނާމެދު ނުރުހުން ފާޅުކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!