ބޮލީވުޑް މުނިފޫހިފިލުވުން

ޕްރިޔާންކާއަށް ލިބެމުންދާ ކާމިޔާބީތައް ގިނަކަން ފާހަގަކޮށް ދިނުމުން ސުޝްމިތާ ދިން ފުރިހަމަ ޖަވާބު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ސުޝްމީތާ ސެން އަބަދު ވެސް ފާހަގަ ވެފައި ވަނީ ގިނަ މީހުންނާ ގުޅޭ، ވަރަށް ވެސް އެކުވެރި އަދި ހިތްހެޔޮ މިޒާޖެއް ގެންގުޅޭ މީހެއްގެ ގޮތުގައެވެ. އޭގެ އެންމެ ބޮޑު އެއް ހެއްކަކީ، ބޮލީވުޑްގެ އެހެން ފަންނާނުން ވެސް އޭނާއަށް އިހްތިރާމްކޮށް، އެންމެން ވެސް އޭނާއާ އެކުވެރިކަމުގެ ގުޅުމެއް ބާއްވާ އެކަކާ ވެސް ޖެހިފައި ނުހުރުމެވެ.

Ads by STELCO

ނަމަވެސް އިންޑިއާގެ ނޫސް ރިޕޯޓަރުންނަކީ އެކަކު އަނެކަކާ ޖެއްސުމަށް، އެމީހުންނަށް ކުރެވެންހު ރި ކަމެއް ކުރަމުން އަންނަ ބައެއްކަން، ބޮލީވުޑްގެ ބައެއް ތަރިންނާއި އެމީހުން ކުރަމުން ގެންދާ ސުވާލު ތަކުން ވެސް ހާމަވެއެވެ.

އެފަދަ އެއް ވީޑިއޯ އަކުން ފެނުނީ، މިހާތަނަށް އައި އިރު އެހެން ތަރިންނާ ޚިލާފަށް ސުޝްމިތާއަށް މާބޮޑު ކުރިއެރުމެއް ދާއިރާގައި ލިބިފައި ނުވާކަން ރިޕޯޓަރަކު ފާހަގަ ކޮށްދޭން އުޅުނު މަންޒަރެވެ.

ކުރިން މިސް ޔުނިވާސްގެ ތާޖު ވެސް އަޅާފައިވާ ސުޝްމީތާ ސެން ގާތު ރިޕޯޓަރަކު އެހީ، މިސް ވޯލްޑްކަމުގެ ތާޖު ހޯދާފައިވާ އައިޝްވަރްޔާ އާއި ޕްރިޔާންކާއަށް ސުޝްމީތާއަށް ވުރެ ގިނަ ކަންކަން ހާސިލު ވެފައިވާ ކަމަށެވެ.

ރިޕޯޓަރަށް ސުވާލު ފުރިހަމަ ކުރެވުމުގެ ކުރިން ސުޝްމީތާ ރީތި ހިނިތުންވުމަކާއެކު ބުނީ އޭނާއަށް ހާސިލު ކުރެވިފައިވަނީ އަދި ޤައުމަށްޓަކައި ކޮށްދެވިފައި ވަނީ ވެސް ވަރަށް މަދު ކަންތަކެއް ކަމަށާއި ނަމަވެސް އައިޝްވާރްޔާ އަދި ޕްރިޔާންކާއަށް ވެސް ދާއިރާގައި ކުރިއެރުން ލިބިފައިވާކަން އުފަލާއެކު ފާހަގަ ކުރާ ކަމަށެވެ. މީގެ އިތުރުން ޕްރިޔާންކާ ޗޯޕްރާ އިންޑިއާއަށް ހޯދައިދެމުން ގެންދާ ކާމިޔާބީ އާއި ޝަރަފަކީ އަގެއް ނުދެވޭނެހާ ބޮޑު ޝަރަފެއް ކަމަށާއި އެއީ އޭނާ ކުރާ ވަރަށް ރަނގަޅު ކަމެއްކަން ފާހަގަކޮށް ސުޝްމިތާ ވަނީ ޕްރިޔާންކާއަށް ތަރުހީބު ދީފައެވެ.

ރިޕޯޓަރު އެވަރުން ވެސް މަސައްކަތް ކުރީ އޭނާ ބޭނުންވާ ފަދަ ނެގަޓިވް އެއްޗެއް ސުޝްމީތާ ބުނާށެވެ. އެހެންކަމުން މިސް ޔުނިވާސްގެ ތާޖު އުފުލި އެހެން ތަރިންގެ ކާމިޔާބީއާ ބެހޭ ގޮތުން ވެސް ސުވާލުކުރިއެވެ.

އެސުވާލަށް ޖަވާބު ދެމުން ސުޝްމީތާ ވަނީ އޭނަގެ ފަހުން އިންޑިއާއަށް މިސް ޔުނިވާސްގެ މަގާމު ހާސިލު ކޮށްދިނީ ލާރާ ދައްތާ އެކަނިކަން ހަނދާން ކޮށްދީފައެވެ. އެހެން ނަމަވެސް ވަރަށް އަވަހަށް އަނެއްކާ ވެސް އެމަޤާމު އިންޑިއާއަށް ލިބޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!