Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ހެދޭ ގޯސްތައް މި ސަރުކާރުން ނުފޮރުވާނެ: ނައިބް ރައީސް

ހެދޭ ގޯސްތައް މި ސަރުކާރުން ނުފޮރުވާނެ: ނައިބް ރައީސް
ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރަކީ ހެދޭ ގޯސްތައް ފޮރުވާނެ ސަރުކާރެއް ނޫން ކަމަށް ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފް މިރޭ ވިދާޅުވެއްޖެއެވެ. އަންނަ ހޮނިހިރު ދުވަހު މާލޭ ސިޓީ ބައި-އިލެކްޝަން ގައި ވާދަކުާ ސަރުކާރު ކެންޑިޑޭޓުންގެ ކެމްޕޭނު ޖަލްސާގައި ނައިބް ރައީސް ވިދާޅުވީ، ރައީސް މުއިއްޒު މާލޭގެ މޭޔަރަކަށް ހުންނެވިއިރު ގިނަގުނަ ކަންތައް ނިންމަވައީ ސިޓީގެ ރައްޔިތުންނަށް ހިދުމަތްތަކެއް ފޯރުކޮށްދިނުމަށްޓަކައި މަސައްކަތްޕުޅުތަކެއް ކުރައްވާފައިވާ ކަމަށެވެ. ނަމަވެސް އެކަންކަމުގެ ހުރަހަކަށްވީ ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ކަމަށެވެ. ނައިބް ރައީސް ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ލާމަރުކަޒީ ނިޒާމާ ނަމުގައި ހުރިހާ ކަމެއް އޮތީ މަރުކަޒުކޮށްފައި ކަމަށެވެ. އެއީ ޑިމޮކްރަސީގެ ޗެމްޕިއަނުންނަށް ވާކަލާތުކުރާ ފަރާތްތަކުން ކަންކުރާ ގޮތެއް ނޫން ކަމަށް ވިދާޅުވިއެވެ. ''ޑިމޮކްރަސީގެ ޗެމްޕިއަނުން މަސައްކަތްކުރާ ގޮތަކީ ބާރު ލިބުނީމަ ހުރިހާ ބާރެއް ގާނޫނީ އިމުގެ ތެރެއިން ރައްޔިތުންނަށް ދޫދިނުނަ'' ނައިބް ރައީސް ވިދާޅުވިއެވެ. ރައީސް މުއިއްޒު ގެންދަވަނީ އެ ނަމޫނާ ދައްކަވަމުން ކަމަށާއި ވައުދުވެވަޑައިގެންނެވި ގޮތަށް ހުރިހާ ކަމެއް ކުރައްވަމުން ކަމަށެވެ. ނައިބް ރައީސް ވިދާޅުވީ އިދިކޮޅު ކެންޑިޑޭޓުން ވާހަކަ ދައްކަވަނީ ރައީސް މުއިއްޒުގެ މެނިފެސްޓޯއާ އިދިކޮޅަށެވެ. އެމަނިކުފާނު ވިދާޅުވީ ތޮއްޖެހިފައިވާ މާލެ އަމާންތަކަށް ހަދައި ހިތްފަސޭހަ މައިދާންތަކަށް ނިކުމެވޭނެ މަގުފަހިވާނީ މާލޭގެ މޭޔަރު ކަމަށް ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރް ހޮއްވަވައިގެންނެވެ. އެއަށް ފަހު އެމަނިކުފާނު މި ސަރުކާރަކީ ވަރަށް ހާމަކަން ބޮޑު ސަރުކާރެއް ކަމަށެވެ. ވަޒީރުންނަށްވެސް، ރައީސް މުއިއްޒު ބާރުއަޅަނީ ރައްޔިތުންނަށް ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި މައުލޫމާތު ފޯރުކޮށް ދިނުމަށް ކަމަށް ވިދާޅުވިއެވެ.
އެއްވެސް ކަމެއް އެމަނިކުފާނު ފޮރުއްވާކަށް ނަހަދާ މީޑިއާތަކަށް ވަރަށް ތަފްސީލުކޮށް ސަރުކާރުން ނިންމަމުންދާ ނިންމުންތަކާއި، ދައުލަތުގެ ވަޒީރުންނަށް ބާރުއަޅުއްވަނީ ވީހާވެސް މީޑިއާ އާއި ގާތްކޮށް ރައްޔިތުންނަށް ކިޔަދި ދިނުމަށް . އަދި ގޯހެއް ހެދުނަސް އެ ގޯހަކީ ކޮބައިކަން ރައްޔިތުންނަށް ކިޔަދިނުމަށް، ހެދޭ ގޮސްތަކެއް ފޮރުވާނެ ސަރުކާރެއް ނޫން ރައީސްގެ މުއިއްޒުގެ ސަރުކާރަކީ
ވަށާޖަހޭ ނިޒާމު ތަގައްޔަރުވިޔަ ނުދިޔުމަށްޓަކައި ސަރުކާރުގެ ކެންޑިޑޭޓުން ހޮވަމަށް ނައިބް ރައީސް އިލްތިމާސްކުރެއްވިއެވެ. އަދި ސިޓީ ކައުންސިލްގެ މެޖޯރިޓީ ޕީޕީއެމް/ޕީއެންސީ އިން ހޯދަން ޖެހޭ ކަމަށް ވިދާޅުވިއެވެ.  

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް