Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ހަތަރު ޕާކިން ބިލްޑިން އެޅުމުގެ މަސައްކަތް އަންނަ މަހު ފަށާނެ: ނަރީޝް

ހަތަރު ޕާކިން ބިލްޑިން އެޅުމުގެ މަސައްކަތް އަންނަ މަހު ފަށާނެ: ނަރީޝް

މާލެއަށް ކުރިމަތިވެފައިވާ ޕާކިންގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކާ މާލޭގައި އެޅުމަށް ހަމަޖެހިފައިވާ ހަތަރު ޕާކިން ބިލްޑިންގު އެޅުމުގެ މަސައްކަތް އަންނަ މަހު ގައި ފަށާނެ ކަމަށް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

ހަތަރު ބިލްޑިން އެޅުމުގެ މަސައްކަތް މި މަހު ފެށޭނެ ކަމަށް ނަރީޝް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. ނަމަވެސް އެ މަސައްކަތް ފެށިފައެއް ނުވެއެވެ.

ރޭ ޕީޕީއެމް/ޕީއެންސީ އިން މާލެ ސިޓީގެ ބައި-އިލެކްޝަން ގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕޭނު ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނަރީޝް ވިދާޅުވީ މާލޭގެ ޕާކިން މައްސަލަ އަށް ހައްލެއް ހޯދުމުގެ ގޮތުން އަޅަން ނިންމާފައިވާ ޕާކިން ބިލްޑިންގެ މަސައްކަތް އަންނަ މަހު ފަށާނެ ކަމަށެވެ.

Advertisement
Allied Insurance — Square (box)

''އަންނަ ފެބްރުއަރީ މަހު ފުރަތަމަ ހަފްތާ ތެރޭގައި ޕާކިން ބިލްޑިންގެ މަސައްކަތް ފަށާނަން. އަޅުގަނޑު މިއަދު ހުއްޓިގެން މިހިރީ އޭގެ ބިންގާ އަޅާ ތަނުގައި'' މާފަންނު ފިނިޕާކް ސަރަހައްދުގައި ބޭއްވި ބައްދަލުވުމުގައި މާލެ ސިޓީގެ މަސްއޫލިއްޔަތާ މިވަގުތު ހަވާލުވެވަޑައިގެން ހުންނެވި ނަރީޝް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެއީ އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް އެންމެ ބޮޑު އެއް މައްސަލަ ކަމަށާއި، ޕާކިން ބިލްޑިންއާ އެކު އޭގެ ހައްލު ލިބިގެންދާނެ ކަމަށެވެ. އެކަން ކުރެވޭނީ ސަރުކާރަށް ނިސްބަތްވާ ކެންޑިޑޭޓުން އިންތިހާބުކޮށްގެން ކަމަށް ވިދާޅުވިއެވެ.

މާލޭގައި ޕާކިން ޖާގަ ތަނަވަސްކޮށްދިނުމަކީ ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އޭގެ ތެރޭގައި ޕާކިން އިމާރާތް ނުވަތަ ޕާކިން ބިލްޑިން އެޅުން ހިމެނެއެވެ.

ދާދި ފަހުން ''މިހާރު'' އަށް ދެއްވި އިންޓަވިއުއެއްގައި އާ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވީ ޕާކިން ބިލްޑިންތައް ހަދައި ނިމެންދެން ޕާކިން ވަޔަލޭޝަން ސްޓިކާ ނުޖަހަން ނިންމާފައިވާ ކަމަށެވެ. ކޮމިޝަނަރު ވިދާޅުވެފައިވާ ގޮތުގައި މާލެ ސަރަހައްދުގެ ޓްރެފިކްގެ މައްސަލައަށް ވަށާ ޖެހޭ ހައްލެއް ގެންނަން ކަމާގުޅޭ ފަރާތްތަކުން މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

ދައުލަތުގެ ހުރިހާ މުއައްސަސާތަކާއެކު އެންފޯސްމަންޓް ވަރުގަދަކުރެވިއްޖެނަމަ، ޕާކިންގެ މައްސަލައަށް ހަރުދަނާ ހައްލެއްް ގެނައުމަކީ އެކަމުގައި އޮތް ހިތްހަމަޖެހުމެއް ކަމަށްވެސް ޝުޖާއު ވިދާޅުވެފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް