ޚަބަރު

އެމްޕީއެލްގެ ހިޔާނާތާ ގުޅިގެން ކަމާބެހޭ ފަރާތްތައް ކޮމެޓީއަށް ހާޒިރު ކުރަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

ކޮވިޑް-19ގެ ލޮކްޑައުންގެ ތެރޭގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ބޭނުމަށް ތެޔޮ ހޯދުމުގައި ހިންގާފައިވާ ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ މައްސަލައިގައި ކަމާބެހޭ ފަރާތްތައް ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް (އެސްއޯއީ) ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.

Ads by Sosun Fihaara

މި މައްސަލަ ބަލަން ނިންމާފައި ވަނީ އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ މަޖިލީހަށް ފޮނުއްވާފައިވާ ސިޓީއާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ފަހު، އިތުރަށް ސާފު ކުރަންޖެހޭ ކަންކަން ހުރުމުންނެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ގެ ތެރޭގައި ހިނގާފައިވާ ކަމަށް ބުނާ ބޮޑު ޚިޔާނާތައް ފަހު،އެކުންފުނީގެ ޗެއާމަން މުޙައްމަދު ޒަކީ (ނަޒާކީ ޒަކީ) އެމަޤާމުން މިއަދު ވަނީ އިސްތިއުފާ ދެއްވައިފިއެވެ. މި މަހުގެ 24 ވަނަ ދުވަހު ޒަކީ ވަނީ ޚިޔާނާތެއް ހިންގާފައިވާ ކަމަށް ޓްވީޓް ކޮށްފައެވެ.

އެ ޓްވީޓްގައި ވާ ގޮތުން އެމްޕީއެލްއިން 8 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ވަގަށް ނަގާފައިވެއެވެ. އަދި އެމައްސަލައިގައި ތުހުމަތު ކުރެވޭ މުވައްޒަފުން ސަސްޕެންޑު ކުރުމަށް އެކުންފުނީގެ ބޯޑުން އެއްބާރުލުން ލިބިފައިނުވާކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

މި މައްސަލައިގެ ތެރެއިން ތެޔޮ ގަތުމުގެ ނަމުގައި އެމްޕީއެލްއަށް ތެޔޮ ގަންނަ ފޯމްތައް ހައްދައި، ފޯމްތަކުގެ ފޮޓޯކޮޕީ ހައްދައި، އެ ފޯމްތަކަށް ތެޔޮ ހޯދާފައިވާ ކަމަށް އެމްޕީއެލްގެ އިންޓަރނަލް އޮޑިޓުން ވަނީ ފާހަގަވެފައެވެ.

މިކަމާއި ގުޅިގެން އެމްޕީއެލްގެ މުވައްޒަފުން ވަނީ ބަޔާން ދީފައެވެ. މި ބަޔާނުގައި އެފްއެސްއެމްގެ ތެޔޮ ސަޕްލައިކުރާ ބައުޒަރުގައި މަސައްކަތްކުރާ މުވައްޒަފުން ވެސް ޝާމިލްވެފައި ވާކަމަށް ހާމަކޮ ށްފައި ވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!