ޚަބަރު

ޕީޕީއެމްގެ ވެރިކަމެއްގައި ފައިނުގައި އެއަރޕޯޓެއް އަޅާނަން : ޝަރީފް

ރައުފާ ރަޝީދު ، ދެން އޮންލައިން

ޕީޕީއެމްގެ ވެރިކަމެއްގައި ރ.ފައިނުގައި އެއަރޕޯޓެއް އަޅާނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރ އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

Ads by MWSC

ޝަރީފް މިހެން ވިދާޅުވެފައި ވަނީ މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.މިއަދުގެ ޖަލްސާގައި ނިޒާމީ ނުކުތާއެއް ނަންގަވައި ޝަރީފް ވިދާޅުވީ މާޅޮސްމަޑުލު ދެކުނުބުރި ފައިނުގައި އެއަރޕޯޓެއް އަޅަން ބޭނުން ނުވާކަމަށް ބަޔަކު ބުނި ކަމުގައި ވިޔަސް ފައިނުގެ ރައްޔިތުން އެ ރަށުގައި އެއަރޕޯޓެއް އަޅަން ބޭނުން ވާކަމަށެވެ.

ފައިނުގެ ރައްޔިތުންގެ އިތުރުން ދާއިރާގެ އިތުރު ފަސް ރަށެއްގެ ރައްޔިތުން ވެސް މިކަމަށް އެދޭ ކަމަށް ޝިޔާމް ފާހަގަކުރެއްވިއެވެ.

" އެކަން އެގޮތަށް ކުރެވިއްޖިއްޔާ ވަރަށް ރަނގަޅު ކަމެއް އެއީ ކުރަން. އިރާދަކުރެއްވިއްޔާ ޕީޕީއެމްގެ ވެރިކަމެއްގައި އެތނުގައި އެއަރޕޯޓއް އަޅާނަން" ޝިޔާމް ވިދާޅުވިއެވެ.

އެހެންނަމަވެސް އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު ވިދާޅުވެފައިވަނީ ފައިނުގައި އެއަރޕޯޓް އެޅުމުގެ ވާހަކަ ކުރީ ސަރުކާރުން ދެއްކި ނަމަވެސް އެކަމުގެ އެއްވެސް ލިޔެކިޔުމެއްގައި ސޮއި ކޮށްފައި ނުވާ ކަމަށެވެ. އަދި ފައިނު ކައުންސިލަށް ވެސް މިކަމާ ގުޅޭ އެއްވެސް އެގްރީމެންޓެއް ލިބިފައި ނުވާ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!