Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ސިޔާސީ

ރައީސްގެ އަގު ވައްޓާލަން ކުރާ މަސައްކަތުން ފަލީހަތް ވާނީ އިދިކޮޅު: އަބްދުއްރަހީމް

ރައީސްގެ އަގު ވައްޓާލަން ކުރާ މަސައްކަތުން ފަލީހަތް ވާނީ އިދިކޮޅު: އަބްދުއްރަހީމް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުުގެ އަގު ވައްޓާލަން މަސައްކަތްކުރާ މީހުން ފަލީހަތްވުން ނޫން ކަމެއް ނުވާނެ ކަމަށް އިސް ވަޒީރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިދިކޮޅު ފަރާތްތަކުން ދަނީ މި ސަރުކާރުގެ ކެބިނެޓަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ވަޒީރުންނަށް ބަދަލުގެނައުމުގެ ވިސްނުންފުޅު ރައީސް މުއިއްޒު ގެންގުޅުއްވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދަނީ ވާހަކަތަކެއްވެސް ދައުރުކުރުވަމުންނެވެ. 

އެ ފާޑުކިޔުންތަކަށް ރައްދުދެއްވާ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވިދާޅުވީ ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ދިވެހީންގެ ކުރިމަތީގައި އެ މަނިކުފާނުގެ އަގު ވައްޓާލައި އިތުބާރު ގެއްލުވާލުމަށް ކެނޑިނޭޅި ހަގީގަތާ ހިލާފު ދޮގު ވާހަކަތައް ފަތުރަމުން އަންނަ ކަމަށެވެ.

Advertisement
HDC — Sidebar (box)

އެހެން ނަމަވެސް ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ނަތިއްޖާއިން ރައްޔިތުން ވަނީ ރައީސްއަށް ދިވެހިންކުރާ އިތުބާރާއި ދެއްވާ އެއްބާރުލުން ދައްކާފައި ކަމަށެވެ. އިދިކޮޅު ފަރާތްތަކުން މިހާރު ކުރަމުންދާ ކަމަކީ ރައްޔިތުން، ރައީސްއަށް ދިން ތާއީދު ބަލައިނުގަނެވިގެން ކުރަމުން އަންނަ އަމަލުތަކެއް ގޮތުގައި އަބްދުއްރަހީމް ތުހުމަތު ކުރެއްވިއެވެ.

އިންޝާالله އެ ފަދަ ޚަބަރުތައް ފަތުރާ ފަރާތްތައް ފަޟީޙަތްވުންނޫން އިތުރުކަމެއް ހާސިލެއްނުވާނެ 

ފޮނަދޫ ދާއިރާގެ އިންތިހާބީ މެންބަރު އަބްދުއްރަހީމް ވިދާޅުވީ ރައީސް މުއިއްޒާއެކު އޮތް މި ސަރުކާރުގެ 'ޓީމު' އޮތީ ބަދަހިކޮށް ކަމަށެވެ. އަދި ދިވެހީން ދާނީ ''މުއިއްޒު ދުވެލީގައި'' ގައުމައިގެން ކުރިޔަށް ކަމަށްވެސް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ރައީސްގެ ފަހައްޕުޅުގައި އޮތް ޓީމު ރޫޅަލަން ކުރަމުން އަންނަ މަސައްކަތް އަބަދުވެސް ވާނީ ނާކާމިޔާބެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް