Monday, 2 November 2026
Advertisement
STO — McCoy (leaderboard)
ސިޔާސީ

އިންޑިއާ ކަނޑުގެ ކަންކަމާ ޗައިނާއަށް ނުބެހެވޭނެ: ނަޝީދު

އިންޑިއާ ކަނޑުގެ ކަންކަމާ ޗައިނާއަށް ނުބެހެވޭނެ: ނަޝީދު
އިންޑިއާ ކަނޑުގެ ކަންތައްތަކާ ބެހި, މައްސަލަތަކުގެ ތެރެއަށް ވަނުމުގެ އެއްވެސް ދައުރެއް ޗައިނާއަށް ނެތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ, ލަންކާގެ މޯނިން ނޫހަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ, އިންޑިއާ ކަނޑުގެ ގައުމުތަކުގެ ކަންކަން ބަލައި, މައްސަލަތައް ހައްލުކުރަން ޖެހޭނީ އިންޑިއާ ކަނޑުގެ ގައުމުތަކުން ކަމަށެވެ. އަބަދުވެސް އިންޑިއާއާ ގާތްގުޅުމެއް ބާއްވަވާ ނަޝީދު ވިދާޅުވީ, އެމަނިކުފާނު މިގޮތަށް ވިދާޅުވާތީ ބަޔަކު ނުރުހުނަސް, އިންޑިއާ ކަނޑުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ދައުރު ވެސް އޮތީ ހަމަ އެ ކަނޑުގެ ގައުމުތަކަށް ކަމަށެވެ.
"މީގައި ޗައިނާއަށް ވަކި ހާއްސަ ދައުރެއް ނެތް," އަބަދުވެސް ޗައިނާއަށް ފާޑުވިދާޅުވާ ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ މިހާތަނަށް ޗައިނާއިން ރާއްޖޭގައި ކޮށްފައިވާ ކަންކަމަށް ބަލާއިރު ފެންނަން އޮތީ ކަންކަން ގޯހުންގޯހަށް ގޮސްފައިވާ މަންޒަރު ކަމަށެވެ. އެގޮތުން, ޗައިނާއިން ގަސްތުގައި ޕްރޮޖެކްޓުތަކުގެ އަގު މަތިކޮށްފައިވާ ކަމަށް ނަޝީދު ތުހުމަތު ކުރައްވާފައިވެ އެވެ.
"އަމިއްލަ ޤައުމުން އެކްސްޕާޓުންނާއި, ތަކެއްޗާއި، ކަމަށް ބޭނުންވާ ފައިސާ އެތެރެކޮށް, މިތަނުގައި ބްރިޖެއް ވެސް އަޅައިފި މާލެއާއި ހުޅެލެއާއި ހުޅުމާލެއާ ގުޅުވާލާފައި. އެކަމަކު އޭގެއިން ގަސްދުގައި އެހެނިހެން ވިޔަފާރިތައް އެބަ ފެއިލްވޭ," ނަޝީދު ވިދާޅުވި އެވެ. 
ނަޝީދު ވިދާޅުވީ, ބްރިޖު އެޅުމުގެ ނަމުގައި ޗައިނާއިން ދޫކޮށްފައި ލޯނުތައް ދުވަހަކު އަނބުރާ ދައްކައި ނުނިމޭނެ ކަމަށާއި އެ ލޯނުތައް ދޫކޮށްފައިވަނީ އެގޮތަށް, ދަރަނި ދަންތުރައެއްގެ ގޮތަށް ކަމަށެވެ. ނަޝީދަކީ އަބަދުވެސް ޗައިނާ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ ބޭފުޅެކެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރާއްޖެއިން އެންމެ ގިނަ ލޯނު ނަގާފައި ވަނީ ޗައިނާގެ ބޭންކު ތަކުންނެވެ. އެ އަދަދު 21 ބިލިއަން ރުފިޔާ އަށް އަރަ އެވެ. އެހެންވެ، ޗައިނާއިން ރާއްޖޭގެ ބިންތައް ފޭރި، ދަރަނީގެ ދަންތުރައެއްގައި ޖައްސާނެ ކަމަށް ވިދާޅުވެ ނަޝީދު ވަނީ ތަކުރާރުކޮށް މީގެ ކުރިން އެ ވާހަކަ ދައްކަވައިފަ އެވެ. އެމްޑީޕީން 2018 ވަނަ އަހަރު ވެރިކަމަށް އައުމަށް އޭރު އެންމެ ގަދައަށް ދެއްކި އެއް ވާހަކައަކީ ވެސް މިއީ އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް