ސަފާރީ ރޭޕް ކޭހަށް ވީގޮތް އެނގޭ މީހަކު ނެތް: ހައިލަމް

ސަފާރީ ރޭޕްކޭހަށް ވީގޮތް އެނގޭ މީހަކު ވެސް ނެތް ކަމަށާއި، 10 މީހަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު އުފުލިފައިވާ މިނިސްޓަރު ވެސް ހުންނެވީ ގޭގައި ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.
މިސަރުކާރަށާއި ރައްޔިތުންގެ މަޖިލީހަށް ފާޑު ވިދާޅުވަމުން ހައިލަމް ކުރި ޓްވީޓެއްގައި ވިދާޅުވީ ވަގުން ހިފަން އައި މަޖިލީހަށް ދެއަހަރުވީ ކަމަށާއި، ނަމަވެސް ވައްކަން ކުރި އެންމެން ތިބީ ގޭގައި ކަމަށެވެ.
އެގޮތުން ހައިލަމް ވިދާޅުވީ، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތާއި ގުޅޭ އެންމެ ރުފިޔާއެއް ވެސް ހޯދިފައި ނުވާ ކަމަށާއި، ސަފާރީ ރޭޕް ކޭހަށް ވީގޮތް އެނގޭ އެއްވެސް މީހަކު ނެތް ކަމަށެވެ.
މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު އުފުލިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދުގެ މައްސަލައަށް އިޝާރަތް ކުރައްވާ ހައިލަމް ވިދާޅުވީ "10 މީހަކަށް ޖިންސީ ގޯނާކުރި މިނިސްޓަރު ހުންނެވީ ގޭގައި" ކަމަށެވެ. އަދި އަނިޔާއާއި ވައްކަމަކީ، ބަޔަކު ދެކޮޅު ހަދާ ފަލްސަފާއެކޭ ބުނާތީ އިވޭކަމަށް ވިދާޅުވެ ހައިލަމް ވަނީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑުވިދާޅުވެފައެވެ.
ހައިލަމް ކިޔާދީ ބަލަ ، ކަރުގާ ވާޖަހާ ގޮތްވެސް