ޚަބަރު

އިމްރާންގެ ފަރާތުން ޖިންސީ ގޯނާތައް ލިބުނު ކަމަށް ބުނާ އަންހެންމީހާ އިމްރާނާ ދިމާކޮށްފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން
ފޮޓޯ: ވަގުތު

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ކަމަށް ބުނާ އަންހެން މީހާ މިއަދު ހެނދުނު މިނިސްޓަރު އިމްރާނުއާ މަގުމަތިން ދިމާކޮށްލައިފިއެވެ.

Ads by MWSC

މަންޒަރު ދުށް މީހަކާ ހަވާލާދީ އޮންލައިން ނޫހެއް ކަމަށްވާ "ވަގުތު" ގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި އަންހެން މީހާ މިނިސްޓަރު އިމްރާންއާ ދިމާކޮށްލާފައި ވަނީ ރައީސް އޮފީސް ކައިރިންނެވެ.

އަދި މިނިސްޓަރު ހިނގާފައި ވަޑައިގެންނެވިއިރު، އަންހެން މީހާ ވަނީ މިނިސްޓަރާ އެއްވަރަށް ސައިކަލު ދުއްވަމުން އަޑު އުފުލާ ނުރުހުން ފާޅުކޮށްފައެވެ.

މިނިސްޓަރު އިމްރާންގެ އަރިހުގެ އެވަގުތު ބޮޑީ ގާޑުން ވެސް ތިބިއިރު، އެއްވެސް މީހަކު އެ އަންހެން މީހާ ހުއްޓުވަން މަސައްކަތް ކޮށްފައެއް ނުވެއެވެ.

މިނިސްޓަރ އިމްރާންގެ ފަރާތުން ޖިންސީ ގޯނާ ލިބުނު މީހާ އެމައްސަލަ މީގެ ކުރިން ދެފަހަރެއްގެ މަތިން ޖެންޑާ މިނިސްޓްރީއަށް ހުށަހެޅުމުން ވެސް އެމައްސަލަ ބަލާފައެއް ނުވެއެވެ.

މިނިސްޓަރު އިމްރާން އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ އަޑުއިވޭ އޯޑިއޯއެއް މީގެ ކުރިން މީސް މީޑިއާގައި ވަނީ ދައުރުވެފައެވެ.

އޯޑިއޯގައި އަންހެން މީހާ ވަނީ އަދާލަތު ޕާޓީގެ އޮފީހަށް ގެންގޮސް އޭނާގެ އުރަމަތީގައި ހިފި އަނިޔާކުރި ކުރި ވާހަކަތަކެއް ކިޔައިދީފައެވެ. އޭނާ ކިޔައިދީފައިވާ ގޮތުގައި މިނިސްޓަރުގެ ފަރާތުން ގިނަ އަންހެނުންތަކަށް ވަނީ ފުރައްސާރަ ކުރިމަތިވެފައެވެ.

އެ އޯޑިއޯގައި ވާހަކަދައްކާ މީހާ ކިޔަނީ "ޔުމްނާ"އެއްގެ ވާހަކައެވެ. ބެލެވޭ ގޮތުގައި އެއީ މިނިސްޓަރު އިމްރާންގެ މިހާރުގެ އަނބިކަނބަލުން ޖެންޑާ މިނިސްޓަރީގެ ޑެޕިއުޓީ މިނިސްޓަރު ފާތިމަތު ޔުމްނާއެވެ.

ޔުމްނާއާ އެ ވާހަކަތައް ކުރިން ވެސް ހިއްސާކޮށްފައިވާނެ ކަމާއި ނަމަވެސް އެކަމުގައި ހިމޭނުން ހުންނަކަން ދޭހަވާ ގޮތަކަށް އޯޑިއޯގައި އެ އަންހެން މީހާ ބުނެއެވެ.

 

 

  1. ޢަލީ

    ކޮބާތަ މިނިސްޓަރުގެ އަންހެނުން.. މަގާމުގަ ބަހައްޓާވަރުގެ މިނިސްޓަރެއް ދޯ .. ތީސޭކުން މިނިސްރުނެއްނޫން، ހައްޤު ޅިބެންދެން ހިއްވަރު ކުރޭ….

  2. ކިނބޫ

    ޑިމޮކްރަސީގެ ރީތި މިސާލެއް.
    އަތޮޅުއޮފީހަށް މަސް އެޅުން އެކަންޏެއް ނޫން ޑިމޮކްރަސީގެ ސިފައަކީ.
    އެމްޑީޕީ މީހުން އަނގަމަތި މާސްކު އަޅާ ފޮރުވައިގެން ތިބެ ހީނހީނ ބަލިވަނީ.

  3. ނަޒީ

    ތި މިނިސްޓަރު ތި ސޭހުކިޔަންވެސް ހެޔޮވާވަރުގެ މީހެއްނޫން ތިވަރު މީހުން ރަގަޅުވާނީ ދީނީފަތުވާ ވެސް ނުދިނިއްޔާ ރަގަޅަށް ތިހިރީ ދިންކިޔެވިފަ ދެންތިޔައްވުރެ ބޮޑައް ނުކިޔަވާތި