ޚަބަރު

އެންމެ ގިނަ މީހުން މިދިޔަމަހު ޖަލަށްލީ ވައްކަމާއި މަސްތުވާތަކެތީގެ މައްސަލައިގައި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ނިމިދިޔަ ނޮވެމްބަރު މަސް ތެރޭގައި އެންމެ ގިނަ މީހުން ޖަލަށް ލާފައިވަނީ ވައްކަމާއި މަސްތުވާތަކެތީގެ މައްސަލައިގައި ކަމަށް ކަރެކްޝަނަލް ސާވިސަސްއިން ބުނެފިއެވެ.

Ads by MWSC

ކަރެކްޝަންސް އިން ބުނީ ތަފާތު އެކި މައްސަލަތަކާ ގުޅިގެން 56 މީހަކު ޖަލަށް ލާފައިވާއިރު އޭގެ ތެރޭގައި ގިނައީ ވައްކަމާއި ޑްރަގްގެ މައްސަލަތަކުގައި ޖަލަށްލީ މީހުން ކަމަށެވެ.

ކަރެކްޝަންސުން އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކާފައިވާ ގޮތުގައި މިދިޔަ މަހުގެ ތެރޭގައި ޖަލަށްލީ މީހުންގެ ތެރެއިން 53.2 އިންސައްތަ މީހުންނަކީ ވައްކަމާއި ފޭރުމުގެ މައްސަލަތަކާއި ހުރެ ޖަލަށްލީ މީހުންނެވެ. އަދި 34.4 އިންސައްތަ މީހުންނަކީ މަސްތުވާތަކެތީގެ އެކި މައްސަލަތަކާ ހުރެ ޖަލަށްލީ މީހުން ކަމުގައި ވެސް ތަފާސް ހިސާބުތަކުން ދައްކާފައިވެއެވެ.

މީގެއިތުރުން ރޭޕްކުރި މައްސަލަތަކާ ގުޅިގެން 3.1 އިންސައްތަ މީހުން ޖަލަށް ލެވުންއިރު ތަފާތު އެކި އަނިޔާތައް ކުރި މައްސަލައާ ގުޅިގެން 3.1 އިންސައްތަ މީހުން ޖަލަށް ލާފައިވެއެވެ. އަދި އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގައި ވެސް މީހުން ޖަލަށް ލާފައިވެއެވެ.

ކަރެކްޝަންސްއިން އާއްމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު ޖަލުން ދޫކޮށްލި މީހުންގެ އަދަދު މިދިޔަ މަހު ގިނަކަން ވެސް ފާހަގަވެއެވެ. އެގޮތުން މިދިޔަ މަހު 33 މީހަކު ޖަލުން ދޫކޮށްލިއިރު މިދިޔަ އޮކްޓޫބަރު މަހު ޖަލުން ދޫކުށްލީ 28 މީހުންނެވެ.

ކަރެކްޝަންސް އިން ވަނީ މާފުށީ ޖަލާއި އައްސޭރި ޖަލު އަދި މާލޭ ޖަލާއި ހުޅުމާލޭ ޖަލުން ގައިދީންނަށް ފަހިކޮށްދިން ކޯލުތަކުގެ އަދަދުތައް ވެސް ހާމަކޮށްފަ އެވެ. އެގޮތުން ޖުމްލަ 2287 ކޯލެއް ދީފައިވާއިރު އެއީ އާއިލީ ކޯލުގެ 2259 ކޯލާއި ވަކީލުންގެ މީޓިންތަކަށް 28 ކޯލެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!