ޒިޔަތު މާފުށީ ޖަލަށް ބަދަލު ކޮށްފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާނާތާ ގުޅިގެން އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމާ ގުޅިގެން އޭނާ މާފުށީ ޖަލަށް ބަދަލު ކޮށްފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް އިން ބުނެފިއެވެ.
ދައުލަތުން އުފުލި 32 ދައުވާއަށް ވެސް އަމިއްލައަށް އިޢުތިރާފުވެ ވަޑައިގެންފައިވާ ޒިޔަތުގެ މައްޗަށް ދައުވާކުރީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ހިޔާނާތްތެރިިވި ކަމަށް ބުނެއެވެ.
ދައުލަތާއެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން ޒިޔަތު އެދައުވާތަކަށް އެއްބަސްވީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ބޭއްވި މިމައްސަލައިގެ އަޑުއެހުމުގައެވެ. އެ އަޑުއެހުމުގައި، ކޮންމެ ދައުވާއެއް ވަކިވަކިން އިއްވުމުން އޭނާ ވަނީ އެ ދައުވާއަކަށް އިއުތިރާފްވާ ކަމަށް ވިދާޅުވެފައެވެ.
އެދައުވާތަކަށް އޭނާ އެއްބަސް ވަނީ އެއްވެސް މަޖުބޫރު ކަމެއް އޮވެގެންތޯ ސުވާލު ކުރުމުން ވަކިވަކިން ގާޒީ ސުުވާލު ކުރެއްވުމުން ޒިޔަތު ވިދާޅުވީ، އޭނާއަށް އެއްވެސް މަޖުބޫރު ކަމެއް ނެތް ކަމަށާއި، ދައުވާތަކަށް އެއްބަސްވަނީ އަމިއްލަ އިހްތިޔާރުގައި ކަމަށެވެ.
އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ މިމައްސަލައިގައި، ދައުލަތަށް ލިބެންޖެހޭ 781 މިލިއަން ރުފިޔާއަށް ޒިޔަތު ޚިޔާނާތްތެރި ވެފައިވާ ކަމަށް އޭނާ ވަނީ އެއްބަސްވެފައެވެ.
މާދަން ގެނެއްސަ މުލިއާގޭގަ ބަހައްޓާ